މަސްވެރިން ކުރާ މަސައްްކަތުގެ އަގު ވަޒަންކުރުމަކީ ގައުމީ ވާޖިބެއް: ރައީސް

ރައީސް މުއިއްޒު، ކ. ގާފަރުގައި -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ މަސްވެރިންގެ ދުވަހާ ގުޅިގެން ދިވެހި މަސްވެރިންކުރާ މަސައްކަތުގެ އަގުވަޒަންކުރުމަކީ ގައުމީ ވާޖިބެއް ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ މިއަދު ފާހަގަކުރާ ރާއްޖޭގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި 'އެކްސް' މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސްގެ ޕޯސްޓުގައި ދިވެހި މަސްވެރިން އަތްވާއި ވާރޭގައި ރެޔާއި ދުވާލު ކުރާ މަސައްކަތް ފާހަގަ ކުރައްވާފައިވެއެވެ. "އަތްވާއި ވާރޭގައި، ރޭގަނޑު، ބިޔަ ކަނޑުތަކުގައި ދިވެހި މަސްވެރިން ކުރާ ހިންމަތުގެ އަގު އިހުތިރާމާ އެކު ވަޒަންކުރުމަކީ ގައުމީ ވާޖިބެކެވެ،" ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

މަސްވެރިންގެ އަގު ވަޒަން ކުރުމަކީ ގައުމީ ވާޖިބެއްކަމަށް ރައީސް ވިދާޅުވި އިރު، މަސްވެރިންނަށް އިތުރު ލުޔެއް ގެނެސްދެއްވާފައިވެއެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސްގައި އެކައުންޓް ހުޅުވާފައިވާ މަސް ދޯނިތަކަށް، މިއަދުން ފެށިގެން މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާވާން ފަށާނެ ކަމަށް ރައީސް ވަނީ އިއްޔެ ވިދާޅުވެފައެވެ.

މި ނިންމުމަކީ މަސްވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް ކަމަށް ބެލެވެއެވެ. އެހެނީ ކިރާ މަހަށް ލިބެން ޖެހޭ ފައިސާ ނުލިބި ލަސްވުމަކީ ދިވެހި މަސްވެރިންގެ އެންމެ ބޮޑު އެއް ޝަކުވާ ކަމުގައިވާތީއެވެ.

މަސްވެރިންގެ ދުވަހާ ގުޅިގެން ރައީސް މުއިއްޒު ދެއްވާފައިވާ މި މެސެޖަކީ މަސްވެރިންގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ މުހިންމުކަން ފާހަގަކޮށް، އެ ދާއިރާއަށް އިތުރު ކުރިއެރުން ހޯދައިދިނުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމުގައި ފާހަގަކުރެވެއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

5 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy