ހޯމް މިނިސްޓަރު އަލީ އިހުސާން
އެމްޑީޕީގެ އެކްޓިވިސްޓަކު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީނަށް ހެދި ގޮތް ހަދާފާނެ ކަމަށް ބުނެ ދެއްކި ވާހަކައެއް ދިފާއުކޮށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވާހަކަދެއްކެވުމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ރައްދު ދެއްވައިފިއެވެ.
އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ "ރައްޔިތުންނަށް ދެރަ ދިނީމަ ހަދަން ޖެހޭނީ އަމީނަށް ހެދި ގޮތް" ކަމަށެވެ. ފައްޔާޒު ވިދާޅުވި ގޮތުގައި ޕޯޑިއަމެއްގައި މީހަކު އެގޮތަށް ބުނެފައި ވަނީ މިހާރުގެ ރައީސަށް ނަސޭހަތެއް ދިނުމުގެ ގޮތުންނެވެ.
ފައްޔާޒްގެ އެ ވާހަކަތަކަށް ރައްދު ދެއްވައި އިހުސާން ވިދާޅުވީ ރާއްޖެއަކީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ނުހަނު ފުޅާކޮށް ކަށަވަރުކޮށްދޭ ގައުމެއް ކަމަށެވެ. ނަމަވެސް މި ހައްގުގެ ބޭނުން ކުރަން ވާނީ ޒިންމާދާރުކަމާއެކުގައި ކަމަށް އިހުސާން ވިދާޅުވިއެވެ.
އިހުސާން އިތުރަށް ވިދާޅުވީ ދައުލަތުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅުންނާއި ސިޔާސީ ޕާޓީތަކުގެ ވެރިންނަކީ މިކަންކަމުގައި ނަމޫނާ ދައްކަވަންޖެހޭ ބޭފުޅުން ކަމަށެވެ. އަދި ގާނޫނުތަކާ ޚިލާފަށް މީހުން މެރުމަށާއި އަނިޔާވެރިވުމަށް ގޮވާލުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.
ރާއްޖޭގެ ފުރަތަމަ ރައީސް އަމީންގެ ވެރިކަން ނިމުމަކަށް ގެނައީ 1953 ވަނަ އަހަރުގެ އޯގަސްޓު 30 ގައެވެ. އަމީން ސްރީލަންކާއިން އެނބުރި ވަޑައިގަތުމާ އެކު އޭރުގެ އިދިކޮޅު ފަރާތްތަކުން އެމަނިކުފާނު ރަހީނުކޮށް ބޭންދީ ދޫނިދޫގައެވެ. އަމީން އަވަހާރަވީ ދޫނިދޫގައި ބަންދުކޮށްފައި ހުއްޓާ މާލެ ވަޑައިގެން ބަޣާވާތްކުރައްވަން އުޅުއްވި ކަމަށް ތުހުމަތުކޮށް ހަވަރު އެއްކޮށް، އަމީނަށް ދިން އަނިޔާވެރި ބޮޑެތި އަނިޔާތަކަށް ފަހުގައެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް