އަސަދުގެ ވެރިކަން ވެއްޓުމާއެކު ޔަހޫދީން އިތުރު ބިންތައް އިސްތިޢުމާރުކޮށްފި

ޔަހޫދީންގެ ޓޭންކުތައް ސޫރިޔާއަށް ވަންނަނީ

ސޫރިޔާގެ ރައީސް ބައްޝާރު އަލް-އަސަދުގެ ވެރިކަން ވެއްޓުމާއެކު، ޔަހޫދީ ދައުލަތުން ވަނީ އިތުރު ބިންތައް އިސްތިޢުމާރުކުރުމުގެ މަސައްކަތް ފަށާ ބައެއް ބިންތައް އެމީހުންގެ އިސްތިއުމާރުގެ ދަށަށް ގެންގޮސްފައެވެ.

އެގޮތުން އަސަދުގެ ވެރިކަން ވެއްޓުމުން ޔަހޫދީ އިސްތިޢުމާރީ ފައުޖުން ވަނީ ސޫރިޔާގެ ސަރަޙައްދީ ރޮނގުގެ އިން ފަހަތަށް ޖައްސައި އިތުރު ސަރަޙައްދަކަށް އަތްގަދަކޮށްފައެވެ. ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މި އައު ސަރަޙައްދުތަކަށް ޒިޔާރަތްކޮށް، އަސަދުގެ ވެރިކަން ވެއްޓުން ތާރީޚީ ކާމިޔާބީއެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ނަތަންޔާހޫ ބުނެފައިވަނީ އަސަދުގެ ވެރިކަން ވެއްޓުނީ ޔަހޫދީ އިސްތިޢުމާރީ ފައުޖުން އީރާނާއި ލުބުނާނުގެ ޙިޒްބުﷲ ޖަމާޢަތާ ދެކޮޅަށް ދިން ވަރުގަދަ ޙަމަލާތަކުގެ ސަބަބުން ކަމަށެވެ. އަދި މިކަމުން ޔަހޫދީންނަށް އިތުރު މަގުތަކެއް ފަހިވެފައިވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އަސަދުގެ ވެރިކަން ވެއްޓުނު ދަނޑިވަޅާ ދިމާކޮށް ޔަހޫދީ އިސްތިޢުމާރީ ފައުޖުން ވަނީ ސޫރިޔާގެ ވެރިރަށް ދިމިޝްޤަށް ބޮން އަޅައިފައެވެ. އިތުބާރުހުރި މަސްދަރުތަކުން ބުނެފައިވާ ގޮތުގައި މި ޙަމަލާތަކުގެ މަޤްޞަދަކީ ސޫރިޔާގެ އަސްކަރިއްޔާއިން ދޫކޮށްލާފައިވާ މިސައިލުތަކާއި ރޮކެޓުތައް ހަނގުރާމަވެރި ޖަމާޢަތްތަކުގެ އަތްދަށަށް ދިޔުމުގެ ކުރިން ނައްތާލުމެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy