އަމީންގެ ކާފަ ދަރިކަނބަލުން ފަރަހަނާޒް ފައިޞަލް
ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ރާއްޖޭގެ ފުރަތަމަ ރައީސް މުޙައްމަދު އަމީނަށް ހެދި ގޮތް ހަދާފާނެ ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓަކު ދެއްކި ވާހަކައެއް ދިފާޢުކޮށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ދެއްކެވި ވާހަކައަށް، އަމީންގެ ކާފަ ދަރިކަނބަލުން ފަރަހަނާޒް ފައިޞަލް ރައްދު ދެއްވައިފިއެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައްޔާޒް ވިދާޅުވީ، ކުޅުދުއްފުށީގައި ބޭއްވި ޖަލްސާއެއްގައި އެ ވާހަކަ ދެއްކި ފަރާތުން އެހެން ބުނީ ރައީސް މުޢިއްޒަށް ނަސޭހަތެއް ދިނުމުގެ ގޮތުން ކަމަށެވެ. "ރައްޔިތުންނަށް ދެރަ ދިނީމަ ހަމަ މުޙައްމަދު އަމީނަށް ހެދިހެން ހަދަންޖެހޭނީ. އެއީ ދިވެހިރާއްޖޭގެ ތާރީޚު ދައްކާފައި އޮތް ޙަޤީޤަތް،" ފައްޔާޒް ވިދާޅުވިއެވެ.
މި ވާހަކަތަކަށް ރައްދު ދެއްވަމުން، ކުރީގެ ސަފީރު ފަރަހަނާޒް ވިދާޅުވީ އިސްލާމީ ޝަރުޢީ ހަމަތަކުން ބޭރުން މީހަކު މަރާލުމަކީ ދުވަހަކުވެސް ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި "މިއީ އެމްޑީޕީގެ ރަސްމީ ސްޓޭންޑްތޯ؟ އެހެންނަމަ މިއީ ދިރިހުރުމުގެ ޙައްޤު ހިމެނޭ ގޮތަށް މީހުންގެ އަސާސީ ޙައްޤުތަކަށް ތެދުވި އެމްޑީޕީއެއް ނޫން،" ފަރަހަނާޒް އެކްސްގައި ލިޔުއްވިއެވެ.
ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް އަމީންގެ ވެރިކަން ނިމުމަކަށް އައީ 1953 ގައި ރައްޔިތުން ނުކުމެގެންނެވެ. އޭގެ ހަތަރު މަސް ފަހުން އަމީން އަވަހާރަވީ ބަޣާވާތްކުރައްވަން އުޅުއްވި ކަމަށް ތުހުމަތުކޮށް، ލާއިންސާނީ އަނިޔާތަކަށް ފަހުގައެވެ.
މި މައްސަލައިގައި އެމްޑީޕީގެ އިސް ފަރާތްތަކުން ދައްކަވާ ވާހަކަތަކުން އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާއި، އަމީންގެ ޢާއިލާގެ ފަރާތުން އަންނަ ފާޑުކިޔުންތަކުން، މި މައްސަލައަކީ ސިޔާސީ ގޮތުން ވަރަށް ސަމާލުކަން ދޭންޖެހޭ މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް