މި ފަސްއަހަރުގެ ތެރޭގައި ފުލުހުންގެ ޚިދުމަތަށް ގިނަބަޔަކު ނެރެނޭކަމަށް ސަރުކާރުން ބުނޭ
މިއަހަރު އެކަނިވެސް 260 އަށްވުރެ ގިނަ ފުލުހުންނަށް ރާއްޖެއިން ބޭރުގެ ތަމްރީނުތަކުގައި ބައިވެރިވުމުގެ ފުރުސަތު ދެވިފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
ސީޕީ ޝުޖާއު މިހެން ވިދާޅުވީ ފުލުހުންގެ 37 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. ފުލުހުންނަށް ބޭނުންވާ ތަޢުލީމާއި ތަމްރީނާއި ހުނަރުތައް އިތުރަށް ފުޅާކުރުމަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ފުރުސަތުތައް ހޯދައިދެމުން އަންނަ ކަމަށް ސީޕީ ފާހަގަކުރެއްވިއެވެ.
މި ފުރުސަތުތައް ލިބެނީ ސަރުކާރުން އެކަމަށް ނުހަނު ބޮޑު އިސްކަމެއް ދެއްވާ، އެކަން ހަމަޖައްސައިދެއްވާތީ ކަމަށް ސީޕީ ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި އަދުގެ ސަރުކާރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
ދަސްވެނިވި އޮފިސަރުންނަށް ނަސޭހަތްތެރިވެވަޑައިގަންނަވަމުން، ފުލުހުންގެ އިންޓެގްރިޓީ ހިފަހައްޓާ، އަޚްލާޤީ ގޮތުން ރަނގަޅު ހަރުދަނާ ބަޔަކަށް ވުމަށް އަޒުމް ކަނޑައެޅުމަށް ސީޕީ ގޮވާލެއްވިއެވެ. އަދި ޑިއުޓީ ގަޑިތަކާއި އެނޫން ގަޑިތަކުގައިވެސް ރިވެތި އަޚްލާޤާއި ސުލޫކު ހިފަހައްޓާ، ރިވެތި ބަހުން މުޢާމަލާތުކުރާ ބަޔަކަށް ވުމަށް އެންމެހައި ފުލުހުންނަށް ގޮވާލެއްވިއެވެ.
ރޭގެ ރަސްމިއްޔާތުގައި ޖުމްލަ 171 އޮފިސަރުން ވަނީ ދަސްވެނިވެފައެވެ. އޭގެ ތެރޭގައި 39 އަންހެން އޮފިސަރުން ހިމެނެއެވެ. ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންގެ އިތުބާރު ހިފޭ، ފަންނީ ގޮތުންނާއި ޢުމްރާނީ ގޮތުން ކުރިއަރާފައިވާ ޚިދުމަތަކަށް ހެދުމަށް މަސައްކަތްކުރައްވާ ކަމަށް ސީޕީ ޝުޖާއު ވިދާޅުވިއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް