ދިވެހި މަސްވެރިން މަސް ބާނަނީ --
މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހޯދަން ތިން ސްކޯލާޝިޕްގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
ފިޝަރީސް މިނިސްޓްރީން ގެޒެޓު ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން މި ދާއިރާ ތަކުގެ ތެރޭގައި ހިމެނެނީ ފިޝަރީޒް ސައިންސް ނުވަތަ މެރިން ސައިންސްގެ ބެޗްލާސް ޑިގްރީއަށް ކިޔެވުމުގެ ދެ ކޯހަކާއި އެކުއަކަލްޗާ އިން ބެޗްލާސް ޑިގްރީ އަށް ކިޔެވުމުގެ ކޯހެކެވެ.
އެގޮތުން މި ތިން ދާއިރާއިން ވެސް ފުރުސަތު ދީފައި ވަނީ އެ ކޯސްތައް އޭޝިއާގެ ގައުމެއްގައި ހެދުމަށެވެ.
ސްކޯލާޝިޕް ތަކުގެ ޝަރުތަކުގެ ތެރޭގައި ހިމެނެނީ އޯ ލެވެލްގެ މާސްއްދާއިން ސީ އިން ފެށިގެން މަތީ ގްރޭޑެއް ހާސިލު ކޮށްފައި ވުން ނުވަތަ އޭ ލެވެލްގެ ތިން މާއްދާއަކުން ސީ އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން ނުވަތަ ފައުންޑޭޝަން ނުވަތަ ސެޓްފިކެޓް ލެވެލްގެ ޔުނިވާސިޓީ އެންޓްރެންސް ގަބޫލު ކުރާ ސަނަދެއް ހާސިލްކޮށްފައިވުމެވެ.
އެ ކޯސް ތަކަށް ކުރިމަތިލުމަށް ބޭނުންވާ މީހުންނަށް އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ 12:00ގެ ކުރިން ފިޝަރީސް މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށް ލިޔެކިޔުން ހުށަހެޅޭނެ އެވެ.
އެޕްލިކޭޝަނާ އެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅައިފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރާނެކަން މިނިސްޓްރީން ފާހަގަކުރިއެވެ.
އެ ސްކޮލާޝިޕްތަކާ ގުޅޭ އިތުރު މައުލޫމާތު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3033484 ނަމްބަރުން ހޯދޭނެ އެވެެ.
މިއީ ވޯލްޑް ބޭންކުން ރާއްޖެއަށް ފޯރުކޮށްދޭ ސްކޮލާޝިޕް ފުރުސަތުތަކެކެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް