ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް --
މިއަދަކީ މަސްވެރި އާއިލާ ތަކަށް ވަރަށް އުފާވެރި ދުވަހެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޝީޔާމް، ޓްވިޓާގައި މިހެން ވިދާޅުވީ މާދަމާ އިން ފެށިގެން މަސްވެރިން ކިރާ މަހަށް 48 ގަޑިއިރުގެ ތެރޭ ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދާނެ ކަމަށް ރައީސް ޑރ. މުއިއްޒު އިއުލާން ކުރެއްވުމާ ގުޅުވައިގެންނެވެ.
ޝިޔާމް ވިދާޅުވީ ރައީސް ގެންދަވަނީ އެމަނިކުފާނުގެ ވައުދުފުޅުތައް ރަނުން ރަނަށް ފުއްދަވައި ދެއްވަމުން ކަމަށެވެ.
އެގޮތުން މަސްވެރިންނަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް ދައްކައި ހަލާސް ކުރައްވައި، އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް މަސްވެރިން މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމީ ރައީސް މަސްވެރިންގެ ކަން ކަމަށް ދެއްވައި އަހައްމިއްޔަތު ދައްކުވައިދޭ އަލިގަދަ ހެއްކެއް ކަމަށް ޝިޔާމް ވިދާޅުވި އެވެ.
މަސްވެރިން މިފްކޯ އަށް ކިރާ މަހަށް ގިނަ ވެގެން 48 ގަޑިއިރުގެ ތެރޭގައި މާދަމާ އިން ފެށިގެން ދެން ފައިސާ ޖަމާވަމުންދާނެ ކަން ރައީސް މުއިއްޒު އިއުލާން ކުރެއްވީ ކ. ގާފަރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ރޭ ދެއްކެވި ވާހަކަފުޅުގަ އެވެ.
މަސްވެރިން މިފްކޯއަށް ކިރާ މަހަށް އެންމެ ގިނަވެގެން ވެސް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާކޮށްދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް