ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކ. ގާފަރުގައި / ފޮޓޯ:ރައީސް އޮފީސް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި އެކައުންޓް ހުޅުވާފައި ހުރި މަސްވެރިންނަށް މާދަމައިން ފެށިގެން 48 ގަޑިއިރު ތެރޭ ފައިސާ ޖަމާކުރަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިޢުލާންކުރައްވައިފިއެވެ.
މިއީ ރައީސްގެ ރިޔާސީ ވައުދުފުޅެއް ފުއްދުމަށް އެޅުއްވި ފިޔަވަޅެކެވެ.
ރައީސް ވިދާޅުވެފައިވަނީ ބީއެމްއެލްގައި އެކައުންޓް ހުޅުވާފައިވާ މަސް ދޯނިތަކުން މަސް ކިރާތާ 48 ގަޑިއިރު ތެރޭ ފައިސާ ޖަމާކުރަން ބީއެމްއެލާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި މިހާތަނަށް މަސްވެރިންނަށް ނުދެވި ހުރި 38 މިލިއަން ރުފިޔާ ވެސް މިއަދު ޖަމާކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް އިޢުލާންކުރެއްވި ގޮތުގައި މާދަމައިން ފެށިގެން މާލެ އަތޮޅު ހިންމަފުށި، އައްޑޫ ސިޓީ ހުޅުމީދޫ، ކޫއްޑޫ އަދި ފެލިވަރުން މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ގަންނަން ލިބޭނެއެވެ. މި ޚިދުމަތް ލިބޭނީ އެ ތަންތަނުގައި ހުންނަ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ އައުޓްލެޓްތަކުންނެވެ.
ރައީސް އިތުރަށް ވިދާޅުވެފައިވަނީ އިސްލާމިކް ބޭންކް (އެމްއައިބީ)ގައި އެކައުންޓް ހުޅުވާފައި ހުރި މަސް ދޯނިތަކަށް ވެސް 48 ގަޑިއިރު ތެރޭ ފައިސާ ޖަމާކުރެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި 2025 ނިމޭއިރު މުޅި ރާއްޖޭގައި އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ކަމަށް ވިދާޅުވިއެވެ.
މަސްވެރިންގެ ކަންބޮޑުވުންތަކަށް އަޑުއަހައި، އެ ކަންކަން ހައްލުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މަސްވެރިންނަށް ފައިސާ ލިބުމުގައި ދިމާވާ ލަސްތަކަކީ އެ ފަރާތްތަކުގެ އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމަށްވާތީ، މި ފިޔަވަޅުތަކަކީ އެކަން ހައްލުކުރުމަށް އެޅުއްވި މުހިންމު ފިޔަވަޅުތަކެކެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް