ޗެލްސީ ފަހަތުން އަރައި މޮޅުވި އިރު، އާސެނަލް އެއްވަރުވެއްޖެ

ޗެލްސީގެ ޕާމާ ވަނީ ދެ ޕެނަލްޓީން ދެ ލަނޑު ޖަހާފައި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުގައި އާސެނަލާއި ފުލަމް 1-1 އިން އެއްވަރުވިއިރު، ޗެލްސީ އިން ވަނީ ޓޮޓެންހަމް ހޮޓްސްޕާސް އަތުން 4-3 އިން މޮޅުވެފައެވެ.

ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލުގެ މެޗު މޫސުން ގޯސްވުމާ ގުޅިގެން ފަސްކޮށްފައިވާތީ، އާސެނަލާއި ޗެލްސީއަށް ލިވަޕޫލްގެ ލީޑު ކުޑަ ކުރުމުގެ ފުރުސަތު ލިބުނެވެ.

މިވަގުތު ލީގުގެ ޕޮއިންޓު ތާވަލުގައި ލިވަޕޫލް އެއްވަނައިގައި އޮތީ 14 މެޗުން 35 ޕޮއިންޓާ އެކުގައެވެ. ޗެލްސީ ދެވަނައިގައި 15 މެޗުން 31 ޕޮއިންޓާ އެކު އޮތްއިރު، އާސެނަލް ތިންވަނައިގައި އޮތީ 15 މެޗުން 29 ޕޮއިންޓާ އެކުގައެވެ. ހަތަރުވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް 15 މެޗުން 27 ޕޮއިންޓް ލިބިފައިވެއެވެ.

އާސެނަލާއި ފުލަމް ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖެހީ ފުލަމްގެ ރައުލް ހިމެނޭޒްއެވެ. އާސެނަލުން އެއްވަރުކުރީ ދެވަނަ ހާފުގެ ކުރީކޮޅުގައި ވިލިއަމް ސަލީބާ ޖެހި ގޯލުންނެވެ. މެޗުގެ ފަހު ވަގުތު އާސެނަލްގެ ބުކާޔޯ ސަކާ ޖެހި ގޯލު ވީއޭއާރުން ބާތިލުކުރިއެވެ.

ޗެލްސީއާއި ޓޮޓެންހަމް ކުޅުނު މެޗުގައި ޓޮޓެންހަމްއިން ފުރަތަމަ ދެ ގޯލު ޖެހިއެވެ. ފުރަތަމަ ލަނޑު ޖެހީ ޑޮމިނިކް ސޮލާންކޭ އެވެ. އަދި ދެވަނަ ލަނޑު ޖެހީ ޑޭޖާން ކުލުސެވްސްކީއެވެ. ޗެލްސީގެ ފުރަތަމަ ލަނޑު ޖެހީ ޖޭޑަން ސަންޗޯއެވެ. އޭގެ ފަހުން ކޯލް ޕާމާގެ ޕެނަލްޓީއަކުން އެއްވަރުކުރިއެވެ.

ޗެލްސީއިން ލީޑުނެގީ އެންޒޯ ފެނާންޑޭޒް ޖެހި ގޯލުންނެވެ. އަދި ކޯލް ޕާމާ ވަނީ އިތުރު ޕެނަލްޓީއެއް ޖަހައި، ޗެލްސީގެ ލީޑު ފުޅާކޮށްދީފައެވެ. އިތުރު ވަގުތުގައި ޓޮޓެންހަމްގެ ސޮން ހެއުން މިން ގޯލެއް ޖެހި ނަމަވެސް އެއްވަރުކުރުމުގެ ފުރުސަތެއް ނުލިބުނެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy