ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް
ރައްޔިތުންނަށް ލިބޭ އާސަންދަ، ޕެންޝަން އަދި އެއްވެސް ސަބްސިޑީއެއް އުނިނުކުރާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ އެ އަތޮޅު މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރެއްވި ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ރައީސް ވިދާޅުވެފައިވަނީ މި ސަރުކާރުން ރާއްޖޭގެ އިގްތިސާދު ރަނގަޅުކުރަން، ފައިސާ ޗާޕުކުރުން ހުއްޓާލުން ފަދަ މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި މި ސަރުކާރުން ގެންގުޅޭ 'ރާއްޖެ ފަސްޓު' ހާރިޖީ ސިޔާސަތާ އެކު ބޭރު ގައުމުތަކާ އެކީ ވަރަށް އެކުވެރި ގުޅުންތަކެއްގެ ތެރެއިން ގައުމަށް ފައިދާހުރި ކަންކަން ކުރަން މަސައްކަތް ކުރާކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވެފައިވަނީ ކުރިއަށް އޮތް ތަނުގައި ވެސް މި ސިޔާސަތު ދެމެހެއްޓޭނެ ކަމަށާއި، އެއްވެސް ރައްޔިތަކަށް ލިބެމުންދާ އެއްވެސް ސަބްސިޑީއެއް، އާސަންދަ ނުވަތަ ރިޓަޔަމަންޓް ޕެންޝަން ނުކަނޑާނެ ކަމަށެވެ. އަދި މިހާރު ލިބެމުންދާ އިނާޔަތްތައް އިތުރަށް ރަނގަޅުކޮށްދޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މުސާރަ ބޮޑުކުރުމާ ގުޅޭ ގޮތުން ރައީސް ވިދާޅުވެފައިވަނީ ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުނުވާ އެހެން ހުރިހާ ސިވިލް ސާވަންޓުންނާއި ޖުޑިޝަރީ ދާއިރާގެ މުވައްޒަފުންނަށް 2025 ގައި މުސާރަ ބޮޑުކޮށްދޭނެ ކަމަށެވެ. އަދި އެހެން ހުރިހާ ދާއިރާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ 2026 ގައި ބޮޑު ކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި އަންނަ އަހަރު ރައްޔިތުންނަށް ލިބޭނެ އިތުރު އިނާޔަތެއްގެ ގޮތުގައި ރޯދަމަހުގެ ކަރަންޓާއި ފެން ބިލުގެ ޑިސްކައުންޓް ދެއްވާނެއެވެ. އަދި މީގެ އިތުރަށް ވެސް ވީހާ ވެސް ގިނަ އެހީތެރިކަން ރައްޔިތުންނަށް ފޯރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް