ރައީސުލްޖުމުހޫރިއްޔާ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް
ފާއިތުވި އަހަރު ތެރޭ ހޯދުނު އެންމެ ބޮޑު ކާމިޔާބަކީ ދިވެހިރާއްޖެއަށް ދިމާވެފައި އޮތް މާލީ ހާލަތުން އަރައިގަނެ، ބަނގުރޫޓުވިޔަ ނުދީ ހިފެހެއްޓުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ އއ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރަސްދޫ ރައްޔިތުންނާ މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ،
ރައީސް ވިދާޅުވީ އިގުތިސާދު ސަލާމަތްކޮށް، ސަލާމަތުގެ އައްސޭރިއަށް ގެންދިއުމަކީ މިދިޔަ އަހަރު ކުރެވުނު އެންމެ ބޮޑު ކަންތައް ކަމަށެވެ. އަދި މިއީ ފެންނަން ނެތް ނަމަވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެން ހާސިލުކުރެވުނު ކަމެއް ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ކުރިއަށް އޮތް އަހަރުތަކުގައި ވެސް ގައުމު ކުރިއަށް ގެންދާނީ މި އަހަރު ގާއިމުކުރި ބިންގަލުގެ މަތީގައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ތަރައްގީއަކީ ހަމައެކަނި ލޯކުރިމަތިން ފެންނަން ހުންނަ އިމާރާތްތައް ނޫން ކަމަށާއި، މުޖުތަމައުގެ އިޖުތިމާއީ މައްސަލަތަކަށް ހައްލު ހޯދުމަކީ ވެސް މުހިންމު ކަމެއް ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ އަންނަ އަހަރުން ފެށިގެން ރައްޔިތުންނަށް ތަރައްގީ ފެންނަން ފަށާނެ ކަމަށެވެ. އެގޮތުން ސިއްހީ، ކުޅިވަރު، އަދި ތައުލީމީ ދާއިރާތަކާއެކު ހުރިހާ ދާއިރާއެއް ވެސް ތަރައްގީވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މަސްތުވާތަކެއްޗާއި ބިދޭސީންގެ މައްސަލަތަކަށް ވެސް ހައްލު ހޯދާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް