ދުންފަތާ ދުރުވުމަށް އެހީތެރިވާ 'ކުއިޓް ލައިން' ޚިދުމަތް ފަށައިފި

ދުންފަތާއި ދެކޮޅަށް ސަރުކާރުން ގެންދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން

ދުންފަތާ ދުރުވާން ބޭނުންވާ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭ 'ކުއިޓް ލައިން' ޚިދުމަތް މިއަދު ފަށައިފިއެވެ.

މި ޚިދުމަތުގެ ނަންބަރަކީ 1676 އެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ މި ނަންބަރުގެ ޚިދުމަތް 24 ގަޑިއިރު ލިބެން ހުންނާނެ ކަމަށެވެ.

އެޗްޕީއޭ އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް ކުރާ މަސައްކަތުގައި މި ހޮޓްލައިން މެދުވެރިކޮށް ތަޖުރިބާކާރުންގެ އިރުޝާދާއި އެހީތެރިކަން ކޮންމެ ވަގުތެއްގައިވެސް ލިބޭނެއެވެ.

ސިއްޙަތާ ބެހޭ ވުޒާރާއިން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވަޒީރު ޢަބްދުﷲ ނާޒިމް ވިދާޅުވެފައިވަނީ، ދުންފަތުގެ އިސްތިޢުމާލުކުރުމަށް އާދަވެފައިވާ ފަރާތްތަކަށް އެކަން ހުއްޓާލުމަށް ބޭނުންވާ އެހީތެރިކަން މުޅި ރާއްޖޭގައި ލިބޭނެހެން ސިޒޭޝަންގެ ޚިދުމަތް ޤާއިމުކުރުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށެވެ.

މި ޚިދުމަތް ދިނުމަށް ބޭނުންވާ ފަންނީ މުވައްޒަފުން މިހާރު ތަމްރީނުކޮށްފައިވާ ކަމަށާއި، ދުންފަތުން ދުރުވުމަށް ބޭނުންވާ މީހުންގެ ފަރުވާގެ ކަންކަން އާސަންދައިން ލިބޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ދުންފަތުގެ އިސްތިޢުމާލުކުރުން މަދުކުރަން ސަރުކާރުން އެކުލަވާލާފައިވާ ޕްލޭންގެ ދަށުން، މިފާއިތުވި ދުވަސްތަކުގައި ގިނަ ފިޔަވަޅުތަކެއް އަޅާފައިވެއެވެ. އޭގެ ތެރޭގައި ދުންފަތް ކޮންޓްރޯލުކުރުމާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމާއި، ވޭޕްކުރަން ބޭނުންކުރާ އިލެކްޓްރޯނިކް ވަސީލަތްތަކުގެ އިމްޕޯޓް ޑިއުޓީއަށް ބޮޑެތި ބަދަލުތަކެއް ގެނައުން ހިމެނެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

57 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy