ތޮއްޑޫގައި ފެންވަރު ރަނގަޅު ސިއްހީ މަރުކަޒެއް އަޅައިދިނުމަށް ކައުންސިލުން ރައީސަށް ދަންނަވައިފި

-- ރައީސް މުއިއްޒު ތޮއްޑޫ ކައުންސިލާއި ޑަބްލިޔުޑީސީއާ މިއަދު ބައްދަލުކުރެއްވުން

އއ. ތޮއްޑޫގައި މިހާރަށްވުރެ، ފެންވަރު ރަނގަޅު ސިއްހީ މަރުކަޒެއް ގާއިމުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އަރިހުން އެ ރަށު ކައުންސިލުން އެދެފި އެވެ.

ތޮއްޑޫ ކައުންސިލުން މި ކަމަށް އެދިފައި ވަނީ ރައީސް، އއ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ތޮއްޑޫ ކައުންސިލާއި ޑަބްލިޔުޑީސީގެ މެންބަރުންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސަކު އެރަށަކަށް ވަޑައިގެން އެ ރަށެއްގެ ރައްޔިތުންނާ މަޝްވަރާ ކުރައްވައިގެން އެ ރަށެއްގެ ތަރައްގީގެ ކަންކަން ބައްޓަން ކުރެއްވުމަކީ އެރަށަކަށް އެންމެ ރަނގަޅު ގޮތްކަމުގައި ތޮއްޑޫ ކައުންސިލުން ފާހަގަކުރި އެވެ.

މިއަދުގެ ބައްދަކުރެއްވުމުގައި ކައުންސިލުން ވަނީ ސިއްހީ ހިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތައް ފާހަގަކުރައްވާފަ އެވެ.

އެގޮތުން މިހާރަށްވުރެ ފެންވަރު ރަނގަޅު ސިއްހީ މަރުކަޒެއް ގާއިމުކޮށްދެއްވުމަށް އެދިލެއްވި އެވެ.

އޭގެ އިތުރުން ތޮއްޑޫގެ ސުކޫލުގެ ޖާގައިގެ ދަތިކަމާއި، ތޮއްޑޫގެ އިގުތިސާދު ރަނގަޅު ކުރުމަށް ފައިނޭންސް ލިބޭނެ އިތުރު އިންތިޒާމުތައް ހަމަޖައްސަވައިދެއްވުމަށް ވެސް ކައުންސިލުން އެދިފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ކަންކަން ބަޖެޓުގައި ހިމަނުއްވައިގެން ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި ރަށުގެ މަގު ހެދުމުގެ މަޝްރޫއު ވެސް ކުރިއަށް ގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ބައްދަލުވުން ކުރިއަށް ގެންދެވިއިރު، ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން، ތޮއްޑޫގެ ތަރައްގީ އަށް ކުރިއަށްގެންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރައްވާފައިވެ އެވެ.

ރައީސް ވަނީ ބައްދަލުކުރެއްވުމަށްފަހު، ތޮއްޑޫ ކައުންސިލްގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފަ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

56 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy