ކުރިއަށް އޮތް ދެ އަހަރަކީ ވައުދުތައް ފުއްދުމުގެ ޢަމަލީ މަސައްކަތް ފެންނާނެ ދެ އަހަރު: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ކުރިއަށް އޮތް ދެއަހަރަކީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމުގެ މަސައްކަތް ޢަމަލީގޮތުން ފެންނާނެ ދެއަހަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، އއ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ތޮއްޑުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ތޮއްޑޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ރައްޔިތުންނާ ވީހާވެސްގާތުން ޚިދުމަތް ދިނުންކަމަށެވެ. އަދި ތޮއްޑޫއަކީ މަސައްކަތްތެރި އަދި މުރާލި ރައްޔިތެއް ދިރިއުޅޭ ރަށެއްކަން ފާހަގަކުރައްވަމުން ވަނީ ދަނޑުވެރިކަމާއި ފަތުރުވެރިކަން ކުރިއަރަމުން އަންނަ ރަށެއްކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ސަރުކާރުން އިސްކަންދޭނީ ދަނޑުވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތްތައް ކުރިއެރުވުމަށްކަމަށެވެ. އަދި ތޮއްޑޫ ކައުންސިލުން ލޯކަލް ކައުންސިލް އޮތޯރިޓީ ކުންފުންޏެއް އުފައްދާފައި އޮތުމުން، ކައުންސިލާ ގުޅިގެން ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރަން ބޭނުންވާ މަޝްރޫޢު ހިންގަން ފުރިހަމަ އެއްބާރުލުން ސަރުކާރުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ތޮއްޑޫގެ މަގުތަކުގެ ޙާލަތު ވަރަށްބޮޑަށް ގޯސްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާގޮތަށް މަގުތައް އަންނަ އަހަރު ތަރައްޤީކޮށްދެއްވާނެކަމަށެވެ. މީގެ އިތުރުން އަންނަ އަހަރުގެ ބަޖެޓްގެ ތެރޭން ތޮއްޑޫގެ ސިއްޙީ މަރުކަޒުގެ ޚިދުމަތް ފުޅާކުރެވިގެންދާނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ތޮއްޑޫގެ ރައްޔިތުންނަށް ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 2025 ވަނަ އަހަރާއި 2026 ވަނަ އަހަރު ވެގެންދާނީ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވީ ވަޢުދު ފުއްދުމަށްޓަކައި އަމަލީގޮތުން އެމަސައްކަތް ހިނގާދާނެ އަހަރުތައްކަމަށެވެ. އަދި މިކަންކަން ކުރިއަށް ގެންދާނީ މުޅިރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ބަހާލެވިގެން ތަރުތީބެއްގެ ތެރޭންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy