ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު
ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ރޭ ފަތިހު ވެރިރަށް ދިމިޝްގަށް އެރުމާއެކު، ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދާއި އޭނާގެ އާއިލާ ސޫރިޔާ ދޫކޮށް ފިއްލަވައިފިއެވެ.
މި ޚަބަރު ވަނީ އަލްޖަޒީރާ، ރޮއިޓާސް އަދި ރަޝިޔާގެ ޓާސް ނޫސް އެޖެންސީން ކަށަވަރުކޮށްދީފައެވެ.
އިދިކޮޅު ހަނގުރާމަވެރިން ވަނީ ރޭ ފަތިހު ވެރިރަށް ދިމިޝްގަށް ވަދެ، ސޫރިޔާގެ ރަސްމީ ޓީވީ، ރޭޑިއޯ އަދި ސަރުކާރުގެ ބައެއް އިމާރާތްތައް ހަނގުރާމައަކާ ނުލައި އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައެވެ. ސޫރިޔާގެ ރިޔާސަތަށް ހިމާޔަތްދޭ ސިފައިންގެ ސްޕެޝަލް ފޯސްގެ ދެ އޮފިސަރަކު ރޮއިޓާސްއަށް ދެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ސިފައިންގެ ހިމާޔަތުގައި ރައީސް ބައްޝާރާއި އޭނާގެ އާއިލާ މަތިންދާ ބޯޓެއްގައި ސޫރިޔާ ދޫކުރައްވައި ފިއްލަވައިގެން ވަޑައިގެންފައިވާ ކަމަށެވެ.
ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިން މީގެ ދިހަވަރަކަށް ދުވަސް ކުރިން ވަނީ ކުއްލި ގޮތަކަށް ގިނަ އަދަދެއްގެ ޒަމާނީ ހަތިޔާރާއި ހަނގުރާމައިގެ ވަސީލަތްތައް ބޭނުންކޮށްގެން ސޫރިޔާގެ އުތުރުގެ ބޮޑު ދެ ޕްރޮވިންސް ކަމަށްވާ އިދްލިބްއާއި ހަލަބް އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފައެވެ. އޭގެ ފަހުން އެމީހުން ވަނީ ހަމާ އަދި ހިމްސް ޕްރޮވިންސްތައްވެސް ހިފާފައެވެ.
ބައްޝާރަށް ހިމާޔަތް ދޭނެކަމަށް މުހައްލިލުން ދެކެނީ ރަޝިޔާ، އީރާން އަދި ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) މި ތިން ގައުމުންނެވެ. ނަމަވެސް ބައްޝާރު ހިމާޔަތް ހޯއްދެވުމަށް އިޚްތިޔާރު ކުރެއްވި ގައުމެއް އަދި ސާފުވެފައެއް ނުވެއެވެ.
ސޫރިޔާގެ އިދިކޮޅު ލީޑަރަކަށް މިހާރު ހުރީ ކުރިން ޖަބްހަތުއްނުސްރާގެ ވެރިއަކަށް ހުރި އުމުރުން 42 އަހަރުގެ އަބޫމުހައްމަދުލް ޖޫލާނީ (އަހްމަދުއްޝަރުއު) އެވެ. އޭނާ ވަނީ ބައްޝާރުގެ ވެރިކަމުގެ ނިޒާމުގައި ބައިވެރިވި އެއްވެސް ފަރާތަކުން އޭނާއާ ދެކޮޅަށް ނުނުކުންނަ ނަމަ އެމީހަކަށް ރައްކަކަށް ރައްކާތެރިކަން އޮންނާނެކަމަށް ވިދާޅުވެފައެވެ. މިކަމުން ޖޫލާނީ މަސައްކަތް ކުރަނީ މަސްރަހު ފިނިކުރުމަށް ކަމަށް ބެލެވެއެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް