މުޅި ސީރިޔާ ކަހަލަ ގޮތަކަށް މިވަނީ ހަނގުރާމަވެރިންގެ އަތްދަށަށް އައިސްފައި
ސީރިއާ ސަރުކާރާ ދެކޮޅު ހަނގުރާމަވެރިން އެ ގައުމުގެ ވެރިރަށް ދިމިޝްގަށް ވަންނަން ފަށާފައިވާ ކަމަށް އިއުލާނުކޮށްފި އެވެ.
މި ކުރިއެރުމާއެކު، ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރުގެ ހިމާޔަތަށް ދިމިޝްގު ބޭރުގައި ސަލާމަތީ ކަންތައް ބަލަހައްޓަމުން ދިޔަ ހިޒްބުﷲގެ ހަނގުރާމަވެރިން ވެސް އެ ސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
ހަނގުރާމައިގެ ހާލަތު ވަޒަންކުރަމުން އަންނަ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފައިވަނީ ސީރިއާ ސިފައިން ދިމިޝްގުގެ އެއާޕޯޓް ވެސް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. މީގެ އިތުރުން، އެ ޖަމިއްޔާގެ މޮނިޓަރުން ފާހަގަކޮށްފައިވަނީ ދިމިޝްގުގައި ހުންނަ، އަނިޔާވެރިކަން ބޮޑު "ސައީދަންޔާ" ޖަލުގެ ދޮރުތައް ވެސް މިހާރު ހުރީ ހުޅުވާލައިފައި ކަމަށެވެ.
އޭއެފްޕީއާ ވާހަކަ ދެއްކި ދިމިޝްގުގެ ބައެއް އާންމުން ބުނެފައިވަނީ އެ މީހުންނަށް މިހާރު ބަޑީގެ އަޑު ވެސް އިވޭ ކަމަށެވެ. މި ހާދިސާއާ ގުޅިގެން، ސީރިއާގެ އިންޓީރިއާ މިނިސްޓަރު މުހައްމަދު އައްރަހްމޫން ވިދާޅުވެފައިވަނީ "ސަލާމަތީ ގޮތުން އަދި އަސްކަރީ ގޮތުން ވަރަށް ވަރުގަދަ ހުރަހެއް" ވެރިރަށުގެ ވަށައިގެން ގާއިމުކޮށްފައިވާ ކަމަށާއި "މި ދިފާއީ ފާރު ފަހަނަޅައި ދިއުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫން" ކަމަށެވެ.
މިދިޔަ މަހުގެ ފަހު ހަފުތާއިން ފެށިގެން ސީރިއާގެ ހަނގުރާމަވެރިން ބޮޑެތި ކުރިއެރުންތައް ހޯދަމުން އަންނަ ކަމަށާއި، މުހިންމު އެތައް ސިޓީއެއް މިހާރު ވަނީ ހިފައިފައި ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. މީގެ ތެރޭގައި ހިމްސް ސިޓީ ވެސް ހިމެނޭ ކަމަށް ވަނީ އިއުލާނުކޮށްފައެވެ.
ސީރިއާގެ ވެރިކަމުން ބައްޝާރު ދުރުކުރުމަށް 2011 ވަނަ އަހަރު ފެށި މުޒާހަރާތައް ރޫޅާލުމަށް ބާރުގެ ބޭނުންކުރުމާ އެކު އުފެދުނު ދާހިލީ ހަނގުރާމައިގެ ސަބަބުން މިހާތަނަށް 500،000 އަށް ވުރެ ގިނަ މީހުން ސީރިއާގައި ވަނީ މަރުވެފައެވެ. މި ހޭދަވި ދިގު މުއްދަތުގެ ތެރޭގައި ހަނގުރާމަވެރިން ދުވަހަކު ވެސް މިހާ ބޮޑު ކުރިއެރުމެއް ހޯދައިފައެއް ނުވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް