މާފަންނު މަދަރުސާގެ ތިރީބުރީގައި ހޯލެއް ހަދައިދޭނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ރައީސް ޑރ. މުއިއްޒު، މާފަންނު މަދަރުސާގެ 40 ވަނަ އަހަރީ ދުވަސް ޝަރަފްވެރިކޮށްދެއްވުން -- ފޮޓޯ ރައީސް އޮފީސް

މާފަންނު މަދަރުސާގެ ތިރީބުރީގައި އައު ހޯލެއް އަންނަ އަހަރު ތެރޭގައި ތަރައްގީކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.

އެ މަނިކުފާނު މިކަމުގެ ޔަގީންކަން ދެއްވީ މާފަންނު މަދަރުސާއަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި ހަވީރު އޮތް ހާއްސަ ރަސްމިއްޔާތުގައި ދެ ދަރިވަރަކު ސުކޫލްގެ ހޯލު މަތީ ފަންގިފިލައެއްގައި ހުންނާތީ އެކުދިންގެ މާމަމެންނާއި ކާފަމެންނަށް ހޯލަށް ވަނުމަށް ދަތިވެފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފައުޅު ކުރުމުންނެވެ.

މާފަންނު މަދަރުސާގެ އެ ދެ ދަރިވަރުން ދެންނެވި ފަދައިން، ރައީސް ވަނީ އިސް ރަށްވެހިންނަށް ވެސް ފަސޭހައިން ބޭނުން ހިފޭ ފަދަ ގޮތަކަށް، އަންނަ އަހަރުގެ ތެރޭގައި، ސުކޫލުގެ ތިރީ ބުރީގައި، ހޯލެއް ތަރައްގީކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

"ދަރިވަރަކު ދެންނެވި ފަދައިން، އިސްރަށްވެހިންނަށްވެސް ފަސޭހައިން ބޭނުން ހިފޭ ފަދަ ގޮތަކަށް، 2025 ވަނަ އަހަރުގެ ތެރޭގައި، ސްކޫލުގެ ގްރައުންޑް ފްލޯގައި، ހޯލެއް ތަރައްގީކޮށްދޭނެ ކަމުގެ ޔަޤީންކަން ދެން" ރައީސް ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ވަނީ މާފަންނު މަދަރުސާއަށް އެކި ގޮތްގޮތުން ހިދުމަތް ކުރެއްވި ބޭފުޅުންނަށް ހަނދާނީ ފިލައެއް އަރުވާފަ އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

8 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy