ޒިންމާދާރު ދަރިންތަކެއް ބިނާކުރުމަށް އަޒުމް ކަނޑައަޅަން ޖެހޭ: ރައީސް މުއިއްޒު

ރައީސް ޑރ. މުޙައްމަދު މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް

ގައުމު ދެކެ ލޯބިވާ، ގައުމީވަންތަ، ޒިންމާދާރު ކުދިންތަކެއް ބިނާކުރުމަށް ޓަކައި މިއަދު އަޒުމް ކަނޑައަޅަން ޖެހޭކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ މާފަންނު މަދަރުސާގެ 40ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިއަދު ހަވީރު ބޭއްވި ޖަލްސާގައެވެ.

ރައީސް ވިދާޅުވީ މާފަންނު މަދަރުސާގެ ތުއްތު ދަރިވަރުންނަކީ މާދަމާ ގައުމުގެ ކަންކަމުގައި ހަވާލުވެ ތިބޭނެ ހުނަރުވެރި ކުދިން ކަމަށެވެ. އަދި ރަނގަޅު ބިންގަލެއްގައި އެ ކުދިން ބޮޑުވާ މަންޒަރު ފެނުމަކީ ލިބިވަޑައިގަންނަވާ ހިތްވަރެއްކަމަށް ވެސް ވިދާޅުވިއެވެ.

އިސްލާމްދީނުގެ ވަރުގަދަ އަގީދާގެ މަތީގައި ތިބި، ދިވެހި ގައުމުދެކެ ލޯބިވާ، ގައުމިއްޔަތުގެ ރޫހު ފުރިހަމައަށް އަށަގަނެފައިވާ ދަރިންތަކެއް ބިނާކުރުމަށް ގައުމީ ވިސްނުމެއްގައި މަސައްކަތް ކުރުމަކީ މިއަދު އަޒުމް ކަނޑައަޅަންޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މި ފެށޭ އަހަރު މާފަންނު މަދަރުސާގައި ފަސޭހައިން ބޭނުންކުރެވޭނެހެން އާ ހޯލެއް ބިންމަތީގައި ތަރައްގީ ކޮށްދޭނެ ކަމަށް ރައީސް ވަނީ އިއުލާނުކުރައްވާފައެވެ. އަދި ސަރުކާރުން މާފަންނު މަދަރުސާގެ ކުރިއެރުމަށް ކޮށްދެވެން ހުރި ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.

ކޮމިއުނިޓީ ސްކޫލުތަކަކީ ވަރަށް މުހިންމު ތަންތަން ކަމަށް ރައީސް ވިދާޅުވިއެވެ. މި ފަދަ ސްކޫލުތަކަށް ބޭނުންވާ ކަންކަން ފަހިކޮށްދިނުމަށް ސަރުކާރާ ގުޅިގެން މަސައްކަތްކުރުމަށް ކައުންސިލްތަކަށް އިރުޝާދު ދެއްވިއެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީން ސެން ޓީޗަރުން ތަމްރީނުކުރުމަށް އާ ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

13 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy