އދ. ކުނބުރުދޫގައި ރައްކާތެރި ފެނުގެ ނިޒާމް ޤާއިމްކޮށް ޚިދުމަތް ދޭންފަށައިފި

ފެނުގެ ނިޒާމު ގާއިމު ކުރުމުން އެތަށް ބަޔަކަށް ފަސޭހަ ލިބިގެންދާނެ

އަރިއަތޮޅު ދެކުނުބުރީ ކުނބުރުދޫގެ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ނިންމާ މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ޚިދުމަތް ދޭން ފަށައިފިއެވެ.

ކުނބުރުދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. މިހާތަނަށް ފެނުގެ ރައްކާތެރި ނިޒާމެއް ނެތުމުގެ ސަބަބުން ކުނބުރުދޫގެ ރައްޔިތުން ވަނީ ބޮޑު ތަކްލީފެއް އުފުލާފައެވެ. ނަމަވެސް މި މަޝްރޫޢު ނިމުމާއެކު އެ ތަކްލީފަށް ލުޔެއް ލިބިގުޔެއް ލިބިގެންދާނެއެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުޙައްމަދު ވިދާޅުވި ގޮތުގައި، ކުނބުރުދޫގެ ފެނުގެ ނިޒާމު ގާއިމުކޮށް ނިމި ރައްޔިތުންނަށް ރައްކާތެރި ފެނުގެ ޚިދުމަތް ކަށަވަރުވެގެން ދިޔައީ ވަރަށް ގިނަ ބައެއްގެ ބުރަ އަދި މިންނެތް މަސައްކަތުންނެވެ.

މި މަޝްރޫޢުގެ ދަށުން 2.75 ކިލޯމީޓަރުގެ ފެން ހޮޅީގެ މައި ނެޓްވޯކެއް އަޅާފައިވެއެވެ. މީގެ އިތުރުން އާރުއޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ފެން އުފެއްދުމަށް ދެ އާރުއޯ ޕްލާންޓް ބެހެއްޓުމުގެ އިތުރުން، ފެން ރައްކާ ކުރުމަށް ތިން ތާނގީ ބަހައްޓާފައިވެއެވެ. އަދި ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތްވެސް ވަނީ ނިންމާލާފައެވެ.

ސަރުކާރުގެ ބަޖެޓުން 45 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގި މި މަޝްރޫޢަކީ އަތޮޅުތަކުގެ ތަރައްޤީގެ ދުވެލި ކުރިއަށް ޖެއްސުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. އާބާދީގެ ކުޑަބޮޑުމިނަށް ބެލުމެއްނެތި ތަރައްޤީގެ މަޝްރޫޢުތައް އަތޮޅުތަކުގައި ހިންގުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައި ފާހަގަކުރެވެއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

7 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy