ރަސްފަންނުން ވިހަގަދަ ބޮއްޔެއް ފެންނާތީވެ ސަމާލުވުމަށް އެދިއްޖެ

ރާއްޖެއިން ދޭތެރެ ދޭތެރެއިން މިބާވަތުގެ ވިހަގަދަ ބޮލިފެނޭ

ރާއްޖޭގެ ވެރިރަށް މާލޭގެ ރަސްފަންނުން ވަރަށް ވިހަގަދަ ބޮއްޔެއް ކަމަށްވާ 'ކޯން ސްނެއިލް' ފެންނަ ކަމަށް ބުނެ، އެކަމަށް ސަމާލުކަން ދިނުމަށް ތިމާވެށީގެ ދިރުންތަކާ ގުޅޭގޮތުން މަސައްކަތްކުރާ ޖަމިއްޔާ 'އޯޝަންހޯލިކް މޯލްޑިވްސް' އިން އާންމުންނަށް އިލްތިމާސްކޮށްފިއެވެ.

އޯޝަންހޯލިކް ޖަމިއްޔާއިން މައުލޫމާތު ދިންގޮތުގައި، މި ބޮލި ރަސްފަންނުން ފެންނަނީ ހަވީރާއި ރޭގަނޑުގެ ވަގުތުތަކުގައެވެ. އާންމުކޮށް ފުނުގައި އުޅޭ މި ބޮލި ތިލަވަނީ ރޭގަނޑުގެ ފިނިކަން ވެރިވުމުންނެވެ. މިއީ ރާއްޖެއިން ކުރިން ވެސް ފެނިފައިވާ ބާވަތެއްގެ ބޮއްޔެކެވެ.

މި ބޮލީގެ ނުރައްކާތެރިކަމުގެ ސަބަބުން، ރަސްފަންނުގައި މޫދަށް އެރި އުޅޭއިރު ސަމާލުވުމަށް އޯޝަންހޯލިކް ޖަމިއްޔާއިން އެދިފައިވެއެވެ. އެގޮތުން، މޫދަށް އެރި އުޅޭއިރު ބޫޓަށް އަރައިގެން އުޅުމަށާއި، ޚާއްޞަކޮށް ކުޑަކުދިން ރައްކާތެރިކުރުމަށް އަދި ވިލުގައި ހުސްފައިން ނޫޅުމަށް އެ ޖަމިއްޔާއިން އިރުޝާދު ދީފައިވެއެވެ.

އޯޝަންހޯލިކް ޖަމިއްޔާއިން ބުނިގޮތުގައި، ބޮލީގެ ބާވަތާއި ސައިޒަށް ބަލާފައި މިއީ ވަރަށް ވިހަގަދަ އަދި ބައެއް ފަހަރު ފުރާނައަށް ވެސް ނުރައްކާތެރި އެއްޗަކަށް ވެދާނެއެވެ. ޝިކާރަ އަތުޖެހުމުން، ބޮލީގައި އިންނަ ދަތަކުން އޭގައި ދަތް އަޅައި، އޭގެ ވިހައިން ޝިކާރަ ކޮށްލާ ނުވަތަ މަރާލައެވެ. އިންސާނުންނަށް ވެސް މި ވިހައިގެ ނުރައްކާ ބޮޑެވެ.

މާހިރުން ބުނާގޮތުގައި، އެންމެ ނުރައްކާތެރި ކޯންސްނެއިލްގެ ބާވަތަށް ކިޔަނީ 'ސިނގިރޭޓް ސްނެއިލްސް' އެވެ. މި ބޮލި ވިހަލައިފިނަމަ ފުރާނަ ސަލާމަތް ކުރަން ލިބެނީ ސިނގިރޭޓެއް ބޯލަން ނަގާހާ ވަގުތުކޮޅެކެވެ. ރާއްޖޭގެ މޫދު ފަސްގަނޑުން، އެކި ކުލަކުލައިގައި ހުންނަ މި ބޮލި ބައެއް ފަހަރު ފެނެއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

8 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy