އިމިގްރޭޝަންގެ ކޮންޓްރޯލާ ޝައްމާން ވަހީދު --
އާޓިފިޝަލް ބީޗުގައި މާރާމާރީ ހިންގި ބިދޭސީންނާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު، މުޙައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެ އެވެ.
މިއަދު އިރު އޮއްސުނު ވަގުތު އާޓިފިޝަލް ބީޗަށް ގިނަ އަދަދެއްގެ މީހުން ޖަމާވެފައިވަނިކޮށް، އެ މާރާމާރީ ހިންގާފައި ވަނީ އެ ތަނަށް ގޮސް އުޅުނު އިންޑިއާ ބައެއްގެ މެދުގަ އެވެ.
ޝަމްއާން އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މާރާމާރީގައި ޝާމިލުވި ހުރިހާ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ މީހުންނަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
"މިއަދުގެ އިރުއޮއްސުނު ވަގުތު އާޓިފިޝަލް ބީޗު ސަރަހައްދުގައި މާރާމާރީ ހިންގާ އާއްމު މަސްލަހަތު ނަގާލުމުގައި ބައިވެރިވެފައިވާ ބިދޭސީންގެ މައްސަލަ ޓާސްކު ފޯހުން މިހާރު ބަލަމުންދާ ވާހަކަ އެންމެހާ ފަރާތްތަކުގެ މައުލޫމާތަށް ޓަކައި ދަންނަވަން" ޝަމްއާން ވިދާޅުވި އެވެ.
އެ މާރާމާރީ ހިންގި ވަގުތު އެ ސަރަހައްދުގައި ހުރި ކުޑަކުއްޖެއްގެ ގައިގައި ޖެހި، އަނިޔާވުމުން ވަނީ އެ ކުއްޖާ ބެލެނިވެރިޔާ އެކަމާ ރުޅިވެރިކަން ފައުޅުކޮށްފަ އެވެ. އަދި ފުލުހަށް ވެސް އެ މައްސަލަ ރިޕޯޓު ކުރި އެވެ.
އެކަމަކު، އެ ސަރައްހަދަށް ފުލުހުން އައުމުގެ ކުރިން އެ މާރާމާރީ ހިންގި މީހުން ވަނީ އެތަނުން ފިލައިގެން ގޮސްފަ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް