މާލެ-ހުޅުމާލެ ފެނުގެ ނިޒާމް ގުޅާލާ އަންނަ އަހަރު ހިދުމަތް ދޭން ފަށަނީ

އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން -- އަވަސް ފޮޓޯ

މާލެއާއި ހުޅުމާލޭގެ ފެނުގެ ނިޒާމު ގުޅާލުމުގެ މަސައްކަތް އަންނަ އަހަރުތެރޭ ނިންމާލެވޭނެ ކަމަށް މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުޙައްމަދު ވިދާޅުވެއްޖެ އެވެ.

އެމްއެމްޓީވީގައި ރޭ ވާހަކަދައްކަވަމުން މަތީން ވިދާޅުވީ މާލެއާއި ހުޅުމާލެއާ ދެމެދު ޓްރާންސްފާ ޕަމްޕް ސްޓޭޝަން ގާއިމް ކުރުމަށް ޓަކައި ސިނަމާލެ ބުރިޖް ހެދިއިރު ޕައިޕްލައިން ގާއިމް ކޮށްފައި ވާކަމަށާއި، ނަމަވެސް މިއަދާ ހަމައަށްވެސް އެ ހޮޅި އޮތީ ނުގުޅުވާ ކަމަށެވެ.

"ޑރ. މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި އަދި ޔާމީންގެ ރައީސް ކަމުގެ ދުވަސްވަރުގަ ބުރިޖު ނިންމާ ހޮޅި އޮތީ އެޅިފަ. މާލެެ އާއި ހުޅުމާލެ އާ ގުޅާލަން. ފަސް އަހަރު ހަމަވިއިރު އެ ހޮޅީގެ ދެ ކޮޅު ނުގުޅި އެ ދިޔައީ. އަޅުގަނޑުމެންނާ ހަވާލުވިއިރު ވެސް އެ މަސައްކަތް އޮތީ ހުއްޓިފަ. ދެން އެކި ސަބަބުތަކާ ހުރެ،" މަތީން ވިދާޅުވި އެވެ.

"އެހެންވީމަ މި އަންނަ އަހަރުގެ ކުރީ ކޮޅު މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅިގެން ދާނެ. އެ މަސައްކަތް ނިމި ހިދުމަތް ދޭން ފަށާނެ،"

މަތީން ވިދާޅުވީ މިއީ މުހިންމު ޕްރޮޖެކްޓެއް ކަމަށާއި، ޕްރޮޖެކްޓުގެ މަސައްކަތް ނިމުމުން މާލެއާ ހުޅުމާލެއާ ދެމެދު ގަޑިއަކު 800 ޓަނުގެ ފެން ފޯރުކޮށްދެވޭނެ ކަމަށެވެ.

މި މަޝްރޫއުގެ މަސައްކަތް މިދިޔަ ފަސް އަހަރު ތެރޭގައި ނިންމާނުލެވި އޮތުމުގެ ކަންބޮޑުވުން ފައުޅު ކުރައްވާ މަތީން ވިދާޅުވީ ފެނުގެ ވިއުގަ ގުޅާލުމުގެ މަސައްކަތަކީ އެކުންފުނިން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދިޔުމަށް ރާވާފައިވާ މަސައްކަތް ކަމަށެވެ.

އެމްޑީ ވިދާޅުވީ ފެން އުފެއްދޭ މިންވަރު އިތުރު ކުރުމަށާއި އެ ފެން ރައްކާ ކުރެވޭ މިންވަރު އިތުރު ކުރުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ހުޅުމާލޭގައި ފެން ރައްކާ ކުރުމުގެ ގާބިލުކަން ދެ ގުނައަށް އިތުރުކޮށް އަދި ފެން އުފެއްދޭ ނިސްބަތް 30 އިންސައްތަ އިތުރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެހެންވެ، އަންނަ އަހަރު ތެރޭގައި އެކަން ވެސް ނިންމާލެވޭނެ ކަމަށް މަތީން ވިދާޅުވި އެވެ.

ބުރިޖު މެދުވެރިކޮށް، މާލެ އާއި ހުޅުމާލޭގެ ކަރަންޓާއި ފެނުގެ ނިޒާމާއި އަދިވެސް އިތުރު ނެޓްވޯކްތަކެއް ގުޅާލާނެ އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

25 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy