ފުލުހުން ރައްޔިތުންނާ ގުޅުން ބަދަހިކުރުމަށް "ފުލުހަކާއެކު ކޮފީއެއް" ޕްރޮގްރާމް ފަށައިފި

ފުލުހުން ކުރިއަށް ގެންދާ ޕްރޮގްރާމުގެ ތެރެއިން/ ފޮޓޯ: ޕޮލިސް

ރައްޔިތުންނާއެކު ގުޅުން ބަދަހިކުރުމަށް "ފުލުހަކާއެކު ކޮފީއެއް" ގެ ނަމުގައި ޕްރޮގްރާމެއް ފުލުހުންގެ އިދާރާއިން ފަށައިފިއެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ބައްދަލުވުން އިއްޔެ ހަވީރު ހުޅުމާލެ ފޭސް ދޭއްގައި ބޭއްވުނެވެ.

ފުލުހުންގެ އިދާރާއިން ބުނެފައިވަނީ މި ބައްދަލުވުމުގައި ގިނަ ބައެއްގެ ބައިވެރިވުން ލިބި، ހުޅުވިގެންވާ މާހައުލެއްގައި ފުލުހުންނާއެކު މުހިންމު މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އަދި މިފަދަ ހަރަކާތްތަކަކީ ރައްޔިތުންގެ އިތުބާރު ހޯދައި، ގުޅުން ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާއިން ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައިވެއެވެ. ފުލުހުން އަބަދުވެސް ރައްޔިތުންނާ ގާތުން އެކި މަސައްކަތްތަކެއް ކުރާ ކަމަށާއި، މި މަޖުތަމަޢު ރައްކާތެރިތަނަކަށް ހެދުމަށް ތަފާތު އޮޕަރޭޝަންތައް ހިންގައި ޚިދުމަތްތައް ގާތުން ދިނުމުގެ މަސައްކަތްތައް ވެސް ފުލުހުން ދަނީ ކުރަމުންނެވެ.

މި ޕްރޮގްރާމަކީ ފުލުހުންނާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ދެފަރާތުގެ މެދުގައި އިތުބާރު އުފެއްދުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިފަދަ ބައްދަލުވުންތަކުން ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޚިޔާލުތައް ފުލުހުންނާ ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

22 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy