މެލޭޝިޔާގެ ފެންބޮޑުވުމާ ގުޅިގެން ބަލިމަޑުކަމުގެ ބިރު އުފެދިއްޖެ

ފެން ބޮޑުވުމުގެ ސަބަބުން މެލޭޝިއާއިން ވަނީ 30 މީހުން މަރުވެފައި

މެލޭޝިޔާއަށް ކުރި ވިއްސާރައިގައި އެ ޤައުމުގެ އުތުރުގެ ސްޓޭޓްތަކުގެ ގިނަ ސަރަޙައްދުތަކެއްގައި ފެންބޮޑުވުމާ ގުޅިގެން، ފެނުގެ ޒަރީއާއިން ފެތުރޭ ނުރައްކާތެރި ބަލިތައް ޢާންމުވެދާނެ ކަމުގެ ބިރު އުފެދިއްޖެއެވެ.

ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ އެ ޤައުމުގެ އިރުއުތުރު އައްސޭރިފަށުގައި އޮތް ކެލަންތަން ސްޓޭޓަށެވެ.

މެލޭޝިޔާގެ ސަރުކާރުން އެންމެ ފަހުން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، 40,000އަށްވުރެ ގިނަ ރައްޔިތުން އަދިވެސް ދިރިއުޅެމުން ދަނީ ވަގުތީ ހިޔާތަކުގައެވެ. މެލޭޝިޔާގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެ ޤައުމުގެ އުތުރުގެ ސަރަޙައްދުތަކަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވޭ ކަމުގައެވެ.

ކެލަންތަންގައި ފެނުގެ ޒަރީއާއިން ފެތުރޭ ނުރައްކާތެރި ބަލިތައް މިހާރު ވެސް ފެތުރެމުންދާ ކަމުގައި އެ ސްޓޭޓްގެ އިދާރާތަކުން ހާމަކުރިއެވެ. ބަނޑުގައި ރިހުމާއި، ނޭވާލާ ނިޒާމުގެ ބަލިތަކުގެ އިތުރުން ހަމުގެ ބަލިތައް ޖެހިގެން    5,000 އަށްވުރެ ގިނަ މީހުންނަށް މިހާރު ވެސް ފަރުވާ ދެމުންދާ ކަމަށް ބުނެއެވެ.

މެލޭޝިޔަން މެޑިކަލް ރިޕީފް ސޮސައިޓީ (މަރސީ)ން ބުނީ، ފެނުގެ ޒަރީއާއިން ފެތުރޭ ބަލިތައް ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް މި ވަގުތު ގޮންޖެހުންތަކެއް ކުރިމަތިވެފައި ނެތް ނަމަވެސް، ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެއްޖެ ނަމަ، ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމުގައެވެ. މަރސީގެ އިސް އޮފިޝަލެއް ކަމުގައިވާ ޝާޙް ފައިޞަލް ޙުސައިން ވިދާޅުވީ ގައިންތާހިރުވުމަށް ބޭނުންވާ ސާމާނު ސްޓޮކު ކޮށްފައިވާ ކަމަށާއި، ވަގުތީ ހިޔާތަކުގައި ތިބި ކުޑަކުދިންނަށް ޞިއްޙީ ފަރުވާގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އިސްކަންދީފައިވާނެ ކަމަށެވެ.

މެލޭޝިޔާގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، ޑިސެންބަރު 8 އާއި 14 އާ ދެމެދު، އެ ޤައުމުގެ އުތުރުގެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމުގައެވެ. އަދި ބޯނިޔޯ އައިލެންޑްސްގައި ހިމެނޭ ސަބާއާއި ސަރަވަކްގެ ސަރަޙައްދުތަކަށް ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމުގައި އިންޒާރު ދީފައިވެއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

5 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy