ރާއްޖޭގައި އިންވެސްޓް ކުރުމަށް ގިނަބަޔަކު ޝައުގުވެރިވޭ
އަލަށް ޢަމަލުކުރަން ފެށި ފޮރިން އިންވެސްޓްމެންޓް ޤާނޫނުގެ ދަށުން ރާއްޖޭގައި އިންވެސްޓްކުރުމުގެ ލައިސަންސް ދޫކުރުމުގެ މަސައްކަތް އިޤްތިޞާދީ ވުޒާރާއިން ފަށައިފިއެވެ.
މި ޤާނޫނުގެ ދަށުން ރާއްޖޭގައި އިންވެސްޓް ކުރެވޭނީ އިޤްތިޞާދީ ވުޒާރާއިން ދޫކުރާ ފޮރިން އިންވެސްޓްމެންޓް ލައިސަންސް ލިބިގެންނެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވި މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އެ ބިލު ތަސްދީޤުކޮށް ގެޒެޓް ކުރާތާ 3 މަސް ދުވަހުގެ ތެރޭގައެވެ. މި ޤާނޫނުގެ ދަށުން އިންވެސްޓްކުރުމުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅަންޖެހެނީ އިޤްތިޞާދީ ތަރައްޤީއާބެހޭ ވުޒާރާއަށެވެ.
އިންވެސްޓްކުރުމުގެ ހުއްދަ ހޯދުމުގެ މަރުހަލާތަކުގެ ތެރޭގައި، އިންވެސްޓްކުރަން ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމާއި، ޝަރުތު ފުރިހަމަވާ ފަރާތްތަކަށް އިޢުތިރާޟެއް ނެތްކަމުގެ ލިޔުން ވުޒާރާއިން ދިނުމާއި، އިންވެސްޓްކުރާ ފަރާތުގެ ވިޔަފާރި ރަޖިސްޓްރީކުރުން ހިމެނެއެވެ. މީގެ އިތުރުން، ފޮރިން އިންވެސްޓްމެންޓް ލައިސަންސް ވުޒާރާއިން ދޫކުރުމާއި، ފޮރިން އިންވެސްޓަރާއި އިޤްތިޞާދީ ވުޒާރާއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން ހިމެނެއެވެ.
ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ މަޤުޞަދަކީ ދިވެހިރާއްޖޭގައި ކުރެވޭ ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކޮށް، އިންވެސްޓްމަންޓްތައް މެދުވެރިކޮށް ފޮރިން ކެޕިޓަލާއި، ޓެކްނޮލޮޖީއާއި ޢިލްމާއި ހުނަރު ގެނައުމަށް ފަހި މާޙައުލެއް އުފެއްދުމެވެ. މި ޤާނޫނުގައި، ދިވެހިރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭނެ ދާއިރާތައް ކަނޑައެޅުމާގުޅޭ އުސޫލުތަކާއި، އިންވެސްޓަރުންނަށް ލިބިދެވޭނެ ޙިމާޔަތާއި ރައްކާތެރިކަމާގުޅޭ އުސޫލުތައް ބަޔާންކޮށްފައިވެއެވެ.
މި އާ ޤާނޫނާއެކު އިންވެސްޓަރުން ރާއްޖެއަށް ކުރާ އިތުބާރު އިތުރުވެ، ބޭންކްތަކުންނާއި މާލީ އިދާރާތަކުން ފައިސާގެ އެހީ ލިބުމަށް އިތުރަށް މަގުފަހިވެގެންދާނެކަމަށް ސަރުކާރުން ބުނެއެވެ. މިއީ 1979 ގައި އެކުލަވާލެވުނު ކުރީގެ ޤާނޫނަށް 45 އަހަރު ފަހުން ގެނެވުނު ޒަމާނީ ބަދަލެކެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް