ޓޮޓެންހަމް ބަލިކޮށް ބޯންމައުތު ނުވަ ވަނައަށް އަރައިފި

ރޭގެ މެޗުގައި ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރުން

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗެއްގައި ޓޮޓެންހަމް ހޮޓްސްޕާސް 1-0 އިން ބަލިކޮށް ބޯންމައުތު ތާވަލުގެ 9 ވަނައަށް އަރައިފިއެވެ.

މި ބަލިވުމާއެކު، ޓޮޓެންހަމްގެ ކޯޗު އަންގޭ ޕޮސްޓެކޮގްލޫ ވަނީ އެ ޓީމުގެ ފަރާތުން ތަކުރާރުވަމުންދާ މައްސަލަތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ސީޒަނުގައި މިހާތަނަށް ޓޮޓެންހަމް އިން ކުޅުނު 14 މެޗުގެ ތެރެއިން ހަ މެޗުން މޮޅުވެ، ހަ މެޗުން ބަލިވެ، ދެ މެޗުން އެއްވަރުވެފައިވެއެވެ. ރޭގެ މެޗުގެ ނަތީޖާއާ އެކު، ބޯންމައުތު ވަނީ ޓޮޓެންހަމް ފަހަތަށް ޖައްސާލައި، ނުވަ ވަނަ އަށް އަރާފައެވެ. މިހާރު ބޯންމައުތަށް 14 މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު، ޓޮޓެންހަމް 10 ވަނައިގައި އޮތީ 14 މެޗުން 20 ޕޮއިންޓާ އެކުގައެވެ.

ބޯންމައުތުގެ ވައިޓާލިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އެ ޓީމުން މޮޅުވީ، 17 ވަނަ މިނިޓްގައި ޑީން ހުއިޖްސަން ޖެހި ގޯލުންނެވެ. މިއީ މާކަސް ޓަވެނިއާ ނެގި ކޯނަރަކުން 19 އަހަރުގެ ހުއިޖްސަން ބޮލުން ޖެހި ގޯލެކެވެ.

މި ސީޒަނުގައި ޓޮޓެންހަމްގެ ކޮޅަށް ގިނަ ގޯލު ވަދެފައިވަނީ ސެޓްޕީސް (ޖެހުން/ކޯނަރު) ތަކުންނެވެ. މިކަމާ ގުޅޭގޮތުން ޕޮސްޓެކޮގްލޫ ބުނެފައިވަނީ އެ ކަންކަން ރަނގަޅުކުރަން ޓްރެއިނިންގައި ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. "މީގެ އެއް މައްސަލަތަކެއް މި ފެންނަނީ، ސެޓްޕީސްތަކުގައި އަހަރެމެންގެ ފަރުވާ ބެހެއްޓުމުގެ ކަންކަން ދަށްކޮށް މި ދިޔައީ،" ޕޮސްޓެކޮގްލޫ ބުންޏެވެ.

އަނެއްކޮޅުން، ލީގުގައި ރޭ ފުލަމް އިން ވަނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބްރައިޓަން އަތުން 3-1 އިން މޮޅުވެފައެވެ. މި ނަތީޖާއާ އެކު، ފުލަމް އިން ވަނީ ފަސް ވަނައިގައި އޮތް ބްރައިޓަންއާ އެއް ޕޮއިންޓަށް ގާތަށް ޖެހިލައިފައެވެ. މިހާރު ބްރައިޓަން އަށް 14 މެޗުން 23 ޕޮއިންޓް ލިބިފައިވާއިރު، ފުލަމް އަށް 14 މެޗުން ވަނީ 22 ޕޮއިންޓް ލިބިފައެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

4 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

59 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy