ބިދޭސީއަކަށް ވަޅިން ހަމަލާދީ، ފޭރުނު މީހަކު "ވާނުވާ" ބަންދަން، އިތުރު މީހަކު ހޯދަނީ

ފޭރުނު މައްސަލައިގައި ބަންދު ކުރި އިބްރާހީމް މުޙައްމަދު --

ބިދޭސީއަކަށް ވަޅިން ހަމަލާ ދީ އޭނާގެ ފޯނު ފޭރުނު މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް "ވާނުވާ" ޖަހިފި އެވެ.

މިމައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ހއ. މާރަންދޫ، އުތުރުގެ، އިބްރާޙީމް މުޙައްމަދު އެވެ.

ފުލުހުން ބުނީ ހުޅުމާލެ ދެ ވަނަ ފޭހުގެ ހިތިގަސްމަގުން ބިދޭސީއަކަށް ވަޅިން ހަމަލާ ދީ މާރާމާރީ ހިންގައި އޭނާގެ ފޯނު ފޭރުނު މައްސަލައެއް އިއްޔެ ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ވަޅިން ހަމަލާދީ، ފޭރުނު މީހާ ހޯދުމަށް ސީސީޓީވީ ފުޓޭޖް، ބަލައި، ދެނެގަނެ ހަމަ އެ ދުވަހުގެ ވަގުތެއްގައި އެމީހާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް މިއަދު ހާޒިރު ކުރުމުން ތަހުގީގު މަރުހަލާ ނިމެންދެން ބަންދު ކުރަން އަމުރުކޮށްފައިވެ އެވެ.

ހަމައެއާ އެކު މި މައްސަލައާ ގުޅިގެން އިތުރު މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

ވާނުވާ ބަންދަކީ ޝަރީއަތް ނިމެންދެން ޖަހާ ބަންދު މުއްދަތެވެ. އިބްރާޙީމް މިއަދު ބަންދުކޮށްފައި އެ ވަނީ ޝަރީއަތް ނިމެންދެނެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy