ރާއްޖޭގައި މަތީ ތަޢުލީމުގެ ފުރުޞަތު ވަނީ ވަަރަށް ބޮޑަށް ފުޅާވެފައި
މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުން ފާސްވުމަށް ކޮންޓްރޯލްޑް އެސެސްމަންޓްތަކުން 50% ހޯދަންޖެހޭ ގޮތަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ވަނީ ހަމަޖައްސައިފިއެވެ.
މިއީ އެސެސްމަންޓްތައް އެހެން މީހުން ލައްވައި ހެދުމާއި ގަނެވިއްކުމުގެ މައްސަލަ ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅެކެވެ.
އިޞްލާޙު ގެނެވުނު އުސޫލުގައި، ކޮންމެ މޮޑިއުލެއްގައި އެސެސްމަންޓްގެ މިންގަނޑުތައް ސާފުކޮށް ބަޔާންކުރަންޖެހޭނެ ކަމަށާއި، ދަރިވަރުން މަދުވެގެން އަމިއްލައަށް އެއްމަސައްކަތް ކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
މާސްޓާޒް ކޯސްތަކުގެ ރިސާޗް ފިޔަވައި އެހެން ހުރިހާ ކޯހެއްގައި މަދުވެގެން 50 އިންސައްތައަކީ ސުޕަވައިޒްކޮށް، ވަގުތު ކަނޑައަޅައި، ކޮންޓްރޯލްކުރެވޭ އެސެސްމަންޓްތަކަށް ވާންޖެހޭނެއެވެ. އަދި އެސެސްމަންޓްގެ 50 އިންސައްތައަކީ އެހެން މީހެއްގެ އެހީތެރިކަމެއް ނެތި ހަދާ އެއްޗަކަށް ވާންޖެހެއެވެ.
މި އިޞްލާޙުތަކުގެ ދަށުން، އެއްވެސް މޮޑިއުލަކުން ހުރިހާ އެސެސްމަންޓެއް ގޭގައި ހެދުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ ބޭނުމަކީ އެސެސްމަންޓްތައް ތައްޔާރުކުރުމުގައި ތިންވަނަ ފަރާތެއްގެ އެހީތެރިކަން ހޯދުން މަދުކުރުމެވެ.
މަތީ ތަޢުލީމުގެ ޤާނޫނުގައި ވާގޮތުން، އަމިއްލައަށް ފުރިހަމަކުރަންޖެހޭ މަސައްކަތެއް އެހެން މީހަކު ލައްވައި ކުރުވައިފިނަމަ ދަރިވަރު 5,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި އެފަދަ މަސައްކަތްތައް ކޮށްދޭ މީހުން 10,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް