ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު
މިއަދުގެ ހަނގުރާމަތަކުގައި ބޭނުންކުރާ ހައިބްރިޑް ހަތިޔާރުތަކާއި ކައްޗަރީ ވިސްނުމުގެ ނުރައްކަލުން ދިފާޢުވުމަށް ޒުވާނުން ތައްޔާރުވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ގޮވާލައްވާފިއެވެ.
މި އަހަރުގެ ހުރަވީ ދުވަހުގެ މުނާސަބަތުގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ނައިބު ރައީސް ވިދާޅުވީ 21 ވަނަ ޤަރުނުގެ ތަހުޒީބާއި ތަމައްދުންގެ އުކުޅުތަކާއި ގޮތްތައް ދަސްކުރުމަށް ކޮންމެ ދިވެއްސަކަށްވެސް އިލްތިމާސްކުރައްވާ ކަމަށެވެ.
ކައްޗަރީ ހަނގުރާމައިގެ ނުފޫޒުތަކުން ޤައުމުގެ އިޖުތިމާޢީ ބިންގަލަށް ލިބޭ ގެއްލުންތަކުގެ ވާހަކަ ދައްކަވަމުން، ނައިބު ރައީސް ވިދާޅުވީ މިފަދަ ހަމަލާތަކުން ޤައުމުގެ އެއްބައިވަންތަކަމާއި އިޤްތިޞާދީ ހަމަޖެހުމަށް ގެއްލުންވެ، ދޮގު މަޢުލޫމާތު ފެތުރިގެންދާ ކަމަށެވެ.
އަދުގެ ޒުވާން ޖީލަކީ މާދަމާގެ ނަމޫނާ ޖީލަކަށް ވާންޖެހޭ ކަމަށް ވިދާޅުވަމުން، ނައިބު ރައީސް ގޮވާލެއްވީ ޤައުމީ ތަރައްޤީއަށް ބޭނުންވާ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ޒުވާނުން މަސައްކަތްކުރުމަށެވެ.
ސަރުކާރުން ސައިބަރ ސަލާމަތީ ފިޔަވަޅުތައް ހަރުދަނާކުރަމުންދާ ކަމަށް ފާހަގަކުރައްވަމުން، ނައިބު ރައީސް ވިދާޅުވީ ހައިބްރިޑް ހަނގުރާމައިން ދިފާޢުވުމަށް އަދިވެސް ގިނަ ކަންކަން ކުރަން ޖެހިފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރު ވިސްނުންފުޅާއެކު ޤައުމީ މަސްލަހަތަށްޓަކައި ކުރައްވަމުންދާ މަސައްކަތްޕުޅުތަކަށް ނައިބު ރައީސް ޝުކުރު ދަންނަވާ، ދިވެހި ޤައުމަށް ޓަކައި ޤުރުބާންވެވަޑައިގެންނެވި ޤައުމީ ބަޠަލުންނަށް ހެޔޮ ރަޙުމަތްލެއްވުމަށް އެދި ދުޢާ ދެންނެވިއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް