ގަލޮޅު ސަހަރާ
ގަލޮޅު ސަހަރާގައި ކުރަމުންދާ މަސައްކަތަކާ ގުޅިގެން، އެ ތަނުގައި ހުރި ބައެއް މަހާނަތައް ނެގުމަށް ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
މި ގޮތަށް ނިންމާފައިވަނީ ސަހަރާ މަރާމާތުކޮށް، ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަތާ ދުވަސްތަކެއް ވުމަށްފަހުގައެވެ.
ކައުންސިލުން މަޢުލޫމާތު ދީފައިވާ ގޮތުގައި ސަހަރާގެ ހުޅަނގު އުތުރު ފަރާތާއި ދެކުނު ފަރާތު ސަރަހައްދުގައި ހުރި މިނިކަށިތައް ނަގަން ނިންމާފައިވެއެވެ. މި މަސައްކަތް ކުރުމަށްޓަކައި ފުރަތަމަ ޖެހެނީ އެ ސަރަހައްދުގައި ހުރި މަހާނަ ގާތައް ނަގަންކަމަށް ކައުންސިލުން ބުނެފައިވެއެވެ. ނަމަވެސް، ސަހަރާގައި ވަޅުލާފައި ހުރި މިނިކަށިތައް ދެން ވަޅުލާނެ ތަނެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މި މަސައްކަތާ ގުޅިގެން، ސިޓީ ކައުންސިލުން ވަނީ އެ ސަރަހައްދުގައި މަހާނަގާތައް ޖަހާފައިވާ ފަރާތްތަކަށް، ގާތައް ނަގައިގެން ގެންދިޔުމަށް މުއްދަތެއް ދީފައެވެ. އެގޮތުން މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ގާތައް ނަގައިގެން ގެންދިޔުމަށް އަންގާފައިވެއެވެ. އަދި އެ މުއްދަތުގައި ނުނަގާ ގާތައް، ކައުންސިލުން ނަގައި ނައްތާލާނެ ކަމަށްވެސް ބުނެފައިވެއެވެ.
ފާހަގަކޮށްލަންޖެހޭ ކަމަކީ، ގަލޮޅު ސަހަރާ މަރާމާތު ކުރުމުގެ މަސައްކަތް ފެށިފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކަމަށާއި، މަސައްކަތް ދިގުލައިގެން ދިޔުމާ ގުޅިގެން ސަރުކާރުން ވަނީ މިދިޔަ ޖެނުއަރީ މަހު އެ މަސައްކަތް އެހެން ކުންފުންޏަކާ ހަވާލުކޮށްފައެވެ. މި މަސައްކަތުގެ ސަބަބުން ޖަނާޒާގެ ކަންކަން މެދުކަނޑާލެވިފައި އޮތުމަށްފަހު، އަލުން އެ ކަންކަން ކުރަން ފަށާފައިވަނީ މީގެ ދެ މަސް ކުރިންނެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް