ރައީސުލްޖުމުހޫރިއްޔާގެ އޮފީސް
ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ ދަށުން މިހާތަނަށް ސިޔާސީ 228 މުވައްޒަފަކު ވަކިކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޔަގީންކޮށްދީފިއެވެ.
މި މަޢުލޫމާތު ހާމަކޮށްފައިވަނީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން އަމިއްލަ ފަރާތަކުން ހުށަހެޅި ސުވާލަކަށް ޖަވާބު ދިނުމުގެ ގޮތުންނެވެ.
ރައީސް އޮފީހުން ފޮނުވި ޖަވާބު ލިޔުމުގައި ބުނެފައިވަނީ، މި ސަރުކާރުގެ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން މިއަހަރުގެ އޮކްޓޯބަރުމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ސިޔާސީ 228 މުވައްޒަފަކު މަޤާމުން ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް، ވަކިކުރެވުނު މުވައްޒަފުންގެ ނަންތަކާއި އެފަރާތްތައް މަސައްކަތްކުރި ވުޒާރާތަކުގެ މަޢުލޫމާތު ދޫކުރުމަށް އިންކާރުކޮށްފައިވެއެވެ.
ރައީސް އޮފީހުން އިތުރަށް ބުނެފައިވަނީ، ވަކިކުރެވުނު މުވައްޒަފުންގެ މަޤާމުތަކުގެ ނަންތަކާއި ވަކިކުރެވުނު އަދަދުގެ ތަފްސީލު، އަދި މުވައްޒަފުން ވަކިކުރުމުގެ ސަބަބުން ދައުލަތުގެ ބައިތުލްމާލުން ސަލާމަތްކުރެވޭނެ އަދަދު ރައީސުލްޖުމްހޫރިއްޔާގެ އެކްސް ޕޯސްޓްތަކުން ފެންނާނެ ކަމަށެވެ.
ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ސިޔާސީ 200 އަށްވުރެ ގިނަ މީހުން ވަޒީފާއިން ވަކިކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ އޮކްޓޯބަރުމަހުގެ 15 ވަނަ ދުވަހުއެވެ. މި ނިންމުމުގެ ދަށުން ވަކިކުރެވުނު މުވައްޒަފުންގެ ތެރޭގައި 7 ސްޓޭޓް މިނިސްޓަރުންނާއި، 43 ޑެޕިއުޓީ މިނިސްޓަރުންނާއި، 109 ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންނާއި 69 ޕޮލިޓިކަލް ޑިރެކްޓަރުން ހިމެނެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް