މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސްވެރިކަމުގެ ސިނާޢަތުގެ މަސްލަހަތުވެރިންނާ ގާތުން މަސައްކަތްކުރެއްވުމަށް އަބަދުވެސް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު ޝިޔާމް މިފަދައިން ވިދާޅުވެފައިވަނީ ރައީސް މުޢިއްޒު ކެޔޮޅުންނާ ބައްދަލުކުރެއްވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭގައި ވަޒީރު ފާހަގަކުރައްވާފައިވަނީ ރައީސް މުޢިއްޒަކީ ދިވެހި ތާރީޚުގައި މަސްވެރި ސިނާޢަތަށް ރިޔާސީ ދައުރެއްގައި އެންމެ ބޮޑު ޚިދުމަތެއް ކޮށްދެއްވާނެ ރައީސްކަމަށެވެ.
ވަޒީރު ޝިޔާމް ވިދާޅުވެފައިވާ ގޮތުގައި ރައީސް މުޢިއްޒުގެ ޒަޢާމަތުގެ ފުރަތަމަ އަހަރު އެކަނި ސިނާޢަތުގެ ތަރައްޤީއަށް ކުރައްވަން ފެއްޓެވި މުހިންމު ގިނަ މަސައްކަތްޕުޅުތަކުން މިކަން ޔަޤީންވެއެވެ. އަދި މަސްވެރިންގެ ކަންބޮޑުވުންތައް ހައްލުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަމެއް ދެއްވާ ކަންތައްކަމަށްވެސް ވަޒީރު ފާހަގަކުރައްވާފައިވެއެވެ.
ސަރުކާރުން މަސްވެރިކަމުގެ ސިނާޢަތުގައި އެންމެ ބޮޑަށް އިސްކަންދޭ ކަންކަމުގެ ތެރޭގައި މަސްވެރިން ކިރުވާ މަހަށް އަވަހަށް ފައިސާ ފޯރުކޮށްދިނުމާއި ފަސޭހައިން އައިސް ލިބޭނެ މަގު ތަނަވަސްކުރުން ހިމެނެއެވެ. މީގެ އިތުރުން މަހުގެ އެކި ބާވަތްތައް އެކްސްޕޯޓު ކުރާނެ އިތުރު މާކެޓްތައް ހޯދުމުގެ މަސައްކަތްތައްވެސް ކުރިއަށްދާކަމަށް ވަޒީރު ފާހަގަކުރައްވާފައިވެއެވެ.
މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން އެޅުއްވި އިތުރު ފިޔަވަޅުތަކުގެ ތެރޭގައި މަސްވެރިންގެ ޤައުމީ ދަފްތަރު އިފްތިތާހްކުރުމާއި، ލޮނުފެނުން މަސް ފިނިކުރާ ނިޒާމު މަސްދޯނިތަކުގައި ހަރުކުރުމަށް ލޯނު ދޫކުރުން، އަދި ފަރުމަސްވެރިކަން ކުރާ ފަރާތްތަކަށްވެސް ލޯނު ދޫކުރުން ހިމެނެއެވެ. މި މަސައްކަތްތަކަކީ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުންދާ މުހިންމު މަސައްކަތްތަކެއް ކަމުގައި ވަޒީރު ޝިޔާމް ފާހަގަކުރައްވާފައިވެއެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް