އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
ރާއްޖެއަށް ހިޖުރަކުރާ ދޫންޏާއި ރާއްޖޭގައި އުޅޭ ދޫނިސޫފާސޫތްޕާ ބެހޭ ދިރާސާއެއް ކުރުމަށް އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި ނިއުޒިލޭންޑުގެ އޮކްލޭންޑް ޔުނިވަރސިޓީއާ ދެމެދު، އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ކުރާ ދިރާސާގައި، ރާއްޖެއަށް ހިޖުރަކުރާ ދޫނިސޫފާސޫތްޕާއި ރާއްޖޭގައި އުޅޭ ކަނޑުމަތީ ދޫނިތަކުގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަލިއަޅުވާލާނެއެވެ. މީގެ ތެރޭގައި އެ ދޫނިތައް ހާލިހަދާ ތަންތަނާއި، ނިދާ ތަންތަނާއި، ކާނާ ހޯދާ ގޮތްތަކާއި ތަންތަން ހިމެނެއެވެ.
އީޕީއޭއިން ބުނާ ގޮތުގައި މި ދިރާސާގެ ސަބަބުން ދޫނިސޫފާސޫފީގެ ވާސަތައް ހިމާޔަތްކުރުމަށް އިތުރު ބާރެއް ލިބިގެންދާނެއެވެ. މި އެއްބަސްވުމުގައި އީޕީއޭގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު، ތޯރިގު އިބްރާހީމެވެ.
ރާއްޖެއަށް ދޫނި ހިޖުރަކުރާ މޫސުމަކީ އާންމުކޮށް ކޮންމެ އަހަރެއްގެވެސް ހެއި ނަކަތް ފެށި، ހުޅަނގު މޫސުން ނިމުމާ ދިމާވާ ދުވަސްވަރެވެ. ދިވެހިންގެ އާންމު ގަބޫލުކުރުމެއްގެ ގޮތުގައި، ހިޖުރަކުރާ ދޫނި ރާއްޖެއިން ފެނުމަކީ އިރުވައި މޫސުން ފެށުމުގެ އަލާމާތެކެވެ.
ރާއްޖެއަކީ ހިޖުރަކުރާ ދިރޭތަކެއްޗާ ބެހޭ އދ. ގެ މުއާހަދާ، "ކޮންވެންޝަން އޮން މައިގްރޭޓަރީ ސްޕީޝީޒް" ގެ މެންބަރު ޤައުމެކެވެ. މި ދިރާސާއަކީ އެ މުއާހަދާގެ ދަށުން ރާއްޖެއިން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް