ސްރީލަންކަން އެއާލައިންސް
ސްރީލަންކަން އެއާލައިންސްއިން އައްޑޫސިޓީ ގަމަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމައިފިއެވެ.
މިކަން ހާމަކުރައްވާފައި ވަނީ ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ އެޖެންޓް، އޭސް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ފިރާޤެވެ.
ފިރާޤް ވިދާޅުވިގޮތުގައި، މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން އައްޑޫސިޓީ ގަމަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ވަނީ ނިންމާފައެވެ. މިހާރު ހަފްތާއަކު ދެ ފަހަރު ބާއްވަމުންދާ ދަތުރުތައް، ޑިސެމްބަރު 19 އިން ފެށިގެން ހަފްތާއަކު ތިން ފަހަރަށް އިތުރުކުރާނެއެވެ.
އައު ތާވަލާ އެއްގޮތަށް، ސްރީލަންކަން އެއާލައިންސްގެ ފުލައިޓްތައް އައްޑޫސިޓީ ގަމަށް ދަތުރުކުރާނީ ބުރާސްފަތި، ހޮނިހިރު އަދި އަންގާރަ ދުވަހުއެވެ. މި ބަދަލު ގެނައުމުގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އައްޑޫސިޓީއަށް ދަތުރުކުރަން ބޭނުންވާ ފަތުރުވެރިންނަށް އިތުރު ފުރުޞަތުތަކެއް ހޯދައިދިނުމެވެ.
ސްރީލަންކަން އެއާލައިންސްއަކީ އައްޑޫސިޓީއަށް އެންމެ ދިގު މުއްދަތަކަށް މެދުކެނޑުމެއްނެތި ދަތުރުތައް ކުރަމުން އަންނަ ބައިނަލްއަޤްވާމީ އެއާލައިނެވެ. ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން، އައްޑޫސިޓީ ގަމަށް ކުރާ ދަތުރުތައް ހަފްތާއަކު އެއް ފަހަރަށް މަދުކުރަން ޖެހުނެވެ.
ކުރިއަށް އޮތީ ރާއްޖޭގެ ފަތުރުވެރިކަމުގެ މޫސުމް ކަމަށްވާތީ، ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަންނަ ފްލައިޓްތަކުގެ އަދަދު އިތުރުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާކުރެއެވެ. މިގޮތުން، ސްރީލަންކަން އެއާލައިންސްގެ މި ނިންމުމަކީ އައްޑޫސިޓީގެ ފަތުރުވެރިކަން ކުރިއެރުވުމަށް ލިބޭނެ ބޮޑު ހިތްވަރެއް ކަމުގައި ބެލެވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް