ކުލީ ބިންތަކުން އެޗްޑީސީއަށް ލިބެންޖެހޭ 226 މިލިއަން ރުފިޔާ ހޯދައިފި

އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު: މާލިއްޔަތު ކޮމެޓީގައި މިއަދު ވާހަކަދައްވަނީ -- ފޮޓޯ/ މަޖިލިސް

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެކި ފަރާތް ތަކަށް ވިޔަފާރި ބޭނުމަަށް ކުއްޔަށް ދޫކޮށްފައިވާ ބިން ތަކަށް ލިބެން ޖެހޭ 1.4 ބިލިއަން ރުފިޔާގެ ތެރެއިން 226 މިލިއަން ރުފިޔާ މިހާތަނަށް ހޯދާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ އޭނާ އެ ކުންފުންޏާ ހަވާލުވިއިރު، ކުންފުންޏަށް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ހުރި ކަމަށެވެ.

މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އެ ފައިސާ ހޯދުމަށް މަސައްކަތްތަކެއް ކުރައްވާފައިވާކަން ފަޒުލް ފާހަގަކުރެއްވި އެވެ.

އެގޮތުން އެ ފައިސާ އަނބުރާ ހޯދުމަށް ސީދާ އޭނާގެ ބެލުމުގެ ދަށުން ވަކި ރިކަވަރީ ކޮމިޓީއެއް އުފައްދައިގެން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ފަޒުލް ވިދާޅުވީ އެ ކޮމެޓީގެ ބުރަ މަސައްކަތުން ނުލިބި ހުރި ފައިސާގެ ތެރެއިން 226 މިލިއަން ރުފިޔާ މިހާރު ހޯދާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އިނިޝިއަލީ އެ މަސައްކަތް ފަށައިގަތްއިރު ޖުމުލަ 1.4 ބިލިއަން ނުލިބި އޮތްއިރުގައި މިއަދު އެ ރިކަވަރީ ކޮމިޓީގެ މަސައްކަތުން 226 މިލިއަން ރިކަވާކޮށްފިން،" ފަޒުލް ވިދާޅުވި އެވެ.

އޭނާ ފާހަގަ ކުރެއްވި ގޮތުގައި ކުންފުންޏަށް އެކި ގޮތް ގޮތުން ލިބެން ޖެހޭ ފައިސާގެ އަދަދު 14 ބިލިއަން ރުފިޔާ އަށް އަރަ އެވެ. އަދި އެ އަދަދު އެހައި ބޮޑަށް އިތުރުވީ އެ ފައިސާ ހޯދުމަށް އެކަށީގެންވާ މަސައްކަަތް ތަކެއް އޭރު ކުރެވިފައި ނެތުމުން ކަމަށް ވިދާޅުވި އެވެ.

ކުލި ނުދައްކައި ފަރާތްތަކުގެ އެއްބަސްވުން ބާތިލުކޮށް އެޗްޑީސީން އަންނަނީ އެ ފަރާތް ތަކަށް ނޯޓިސް ފޮނުވަމުންނެވެ.

އެ ނޯޓިސްއަށް އިޖާބަ ނުދޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އެ މައްސަލަތައް ކޯޓަށް ހުށަހަޅަމުންދާ ކަމަށް ވެސް އެމްޑީ ފަޒުލް ވިދާޅުވި އެެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

2 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

58 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy