މިއަދު ބޭއްވުނު ބައްދަލުވުމުގެ ތެރެއިން / ފޮޓޯ:މަޖިލިސް
ވިޔަފާރީގެ ބޭނުމަށް އެޗްޑީސީން ދޫކޮށްފައިވާ ތަންތަނުން އެކުންފުންޏަށް ލިބެންޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް 226 މިލިޔަން ރުފިޔާ ހޯދާފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޟުލް ރަޝީދު ވިދާޅުވެއްޖެއެވެ.
މިކަން ހާމަކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މެންބަރުން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
ފަޟުލް ވިދާޅުވިގޮތުގައި އައު މެނޭޖްމަންޓް ކުންފުންޏާ ހަވާލުވިއިރު އެކި ފަރާތްތަކަށް އެޗްޑީސީން ދޫކޮށްފައިވާ ބިމާއި އިމާރާތްތަކުން ޖުމްލަ 1.4 ބިލިޔަން ރުފިޔާ އެ ކުންފުންޏަށް ނުލިބި ހުއްޓެވެ. މީގެ ތެރޭގައި ލީސްގެ ގޮތުގައި ނުލިބިހުރި 699 މިލިޔަން ރުފިޔާ އާއި ޑިވެލޮޕްމަންޓް އެންޑް ސޭލްސްގެ ގޮތުގައި ލިބެންޖެހޭ 720 މިލިޔަން ރުފިޔާ ހިމެނެއެވެ.
މި މައްސަލަ ހައްލު ކުރުމަށް ކުންފުނީގައި ރިކަވަރީ ކޮމިޓީއެއް އުފައްދާފައިވާ ކަމަށާއި، އެ ކޮމިޓީން ކުރެއްވި މަސައްކަތުން މިހާތަނަށް 226 މިލިޔަން ރުފިޔާ އަނބުރާ ހޯދިފައިވާކަމަށް ފަޟުލް ވިދާޅުވިއެވެ. އަދި އެޗްޑީސީއަށް ޖުމްލަ ގޮތެއްގައި އެކި މުއައްސަސާތައް ހިމެނޭހެން 14 ބިލިޔަން ރުފިޔާ ނުލިބިހުރި ކަމަށާއި، މި ފައިސާ ހޯދަން މީގެ ކުރިން މަސައްކަތް ކުރެވިފައިނުވާ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
ކުންފުންޏަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އެކި ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށް ނިންމާފައިވާ ކަމަށާއި، އޭގެ ކުރިން ފައިސާ ދެއްކުމަށް އަންގައި، ފައިސާ ދައްކައި ޚަލާސް ކުރަން ބޭނުންވާ ފަރާތްތަކަށް ވަކި މުއްދަތެއްގެ ތެރޭގައި ފައިސާ ދެއްކުމުގެ ފުރުސަތުވެސް ދެމުން އަންނަކަން ފަޟުލް ފާހަގަކުރެއްވިއެވެ.
ފައިސާ ނުދައްކާނަމަ އެފަރާތަކަށް ދީފައިވާ އިމާރާތް ނުވަތަ ބިން އަތުލުމަށް ކޯޓު މަރުހަލާއަށް ދިއުމަށްވެސް ނިންމާފައިވާކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޟުލް ރަޝީދު ވިދާޅުވިއެވެ. މި މަސައްކަތްތަކުގެ ސަބަބުން އެޗްޑީސީއަށް ލިބެންޖެހޭ ގިނަ ފައިސާތަކެއް އަނބުރާ ހޯދޭނެކަމަށް އުންމީދުކުރެވެއެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް