ބުޅާ ފެސިލިޓީ ހުޅުއްވައި ދެއްވުމަށްފަހު ރައީސް އެތަން ބައްލަވާލައްވަނީ
މާލެ ސަރަހައްދުގައި "ވީއްލިގެން" އުޅޭ ބުޅާތައް ބަލަހައްޓާނެ ތަނެއްގެ ގޮތުގައި ހުޅުމާލޭގައި ތަރައްޤީކުރި "އޮޅުހިޔާ"ގެ ހިންގުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއާ ހަވާލުކުރުމަށް މާލެ ސިޓީ ކައުންސިލަށް އަންގަވައިފިއެވެ.
މި އެންގެވުން އެންގެވީ ދިރޭތަކެއްޗާބެހޭ ވުޒާރާއިންނެވެ.
ޒަމާނީ ފެންވަރަށް ޤާއިމުކޮށްފައިވާ މި ޕެޓް ކެއަރ ފެސިލިޓީ ތަރައްޤީކުރީ ދިރޭތަކެއްޗާބެހޭ ވުޒާރާއިން، މާލެސިޓީ ކައުންސިލާ ޙަވާލުކޮށްގެންނެވެ. ނަމަވެސް ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާގޮތަށް މާލެ ސިޓީ ކައުންސިލުން ކަންކަން ކުރިއަށް ނުގެންދާކަމަށް ބުނެ، އެ ފެސިލިޓީ އަނބުރާ ވުޒާރާއާ ޙަވާލުކުރުމަށް އަންގާ މާލެ ސިޓީ ކައުންސިލަށް ވަނީ ސިޓީއެއް ފޮނުއްވާފައެވެ.
"އޮޅުހިޔާ" ހުޅުވާދެއްވީ މިދިޔަ މަހުގެ 2 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ފެސިލިޓީއަށް މާލޭގައި "ވީއްލިގެން" ނުވަތަ މަގުމަތީގައި އުޅޭ ބުޅާތައް ގެންދިއުމަށް ދިރޭތަކެއްޗާބެހޭ ވުޒާރާއާއި މާލެ ސިޓީ ކައުންސިލާދެމެދު ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ. އަދި އެކަމަށްޓަކައި ޢަމަލުކުރާނެ ޕްލޭނެއްވެސް ވަނީ އެކުލަވާލާފައެވެ.
އެހެންނަމަވެސް އެ ޕްލޭނާ އެއްގޮތަށް، އެތަން އޮޕަރޭޝަނަށް ގެނައުމުގެ އެއްވެސް ކަމެއް ސިޓީ ކައުންސިލުން މިހާތަނަށް ކޮށްފައިނުވާކަމަށް ދިރޭތަކެއްޗާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. މިކަމާ ގުޅިގެން ދިރޭތަކެއްޗާބެހޭ ވުޒާރާއިން ވަނީ މާލޭ ސިޓީ ކައުންސިލާ ބައްދަލުކުރައްވައި، މަސައްކަތްތައް ލަސްވަމުންދާ ކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.
ދިރޭތަކެއްޗާބެހޭ ވުޒާރާއިން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ "އޮޅުހިޔާ"އަށް ބުޅާތައް ގެންދިއުމުގައި ޢަމަލުކުރާނެ ގޮތުގެ އެސްއޯޕީތަކާއި ޕްލޭންތަކާއި ލަފާތައް އެ ވުޒާރާއިން މާލެ ސިޓީ ކައުންސިލާ ހިއްސާ ކޮށްފައިވީ ނަމަވެސް އެ ކަންކަމަށް މިހާތަނަށް އެއްވެސް ޚިޔާލެއް ލިބިފައި ނެތް ކަމަށެވެ. އަދި އެސްއޯޕީތަކަށް ޢަމަލުނުކޮށް، އެ ފެސިލިޓީއަށް ބުޅާތައް މިވަގުތު ގެންދަން ފަށައިފިނަމަ ބުޅާތަކުގެ ޞިއްޙަތަށާއި ދުޅަހެޔޮކަމަށް ނުރަނގަޅު އަސަރުކުރުން އެކަށީގެންވާކަމަށް ދިރޭތަކެއްޗާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
"އޮޅުހިޔާ" އަކީ މާލޭގެ މަގުމަތީގައި އުޅޭ ބުޅާތަކުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ސަރުކާރުން ކުރައްވާފައިވާ މުހިންމު މަސައްކަތެކެވެ. މި ފެސިލިޓީ ހިންގުމުގައި ދިމާވެފައިވާ މައްސަލަތައް އަވަހަށް ޙައްލުކޮށް، އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަކީ ގިނަ ފަރާތްތަކެއްގެ އުންމީދެވެ.
ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި
ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި
ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް
މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް
މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި
ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް
ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު
ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ
ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި
ޒަރީރު އޮޅުންފިލުވައިދިނީ ތާރީޙު: ބަލްފޯ ޑިކްލަރޭޝަނަކީ މައްސަލައިގެ ފެށުން!
ޒަކާތުގެ ޝަރުއީ މަގުސަދު ހާސިލު ކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރީން، މުދަލު ޒަކާތް އަދާކޮށްގެން: ހުތުބާ
ކޮމެންޓް