މަލޯކާ އަަތުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ބާސެލޯނާ ހަމަޖެހިލައިފި

ރޭގެ މެޗުގައި ބާސާގެ ޒުވާން ކުޅުންތެރިޔާ ޔަމާލީ ކުޅެފައިވެއެވެ.

ސްޕެއިންގެ ލަލީގާގައި ރޭ ކުޅުނު މެޗުގައި މަޔޯކާ އަތުން 5-1 ން މޮޅުވެ ބާސެލޯނާ އިން ޕޮއިންޓް ތާވަލުގެ 1 ވަނާގައި ހަމަޖެހިލައިފިއެވެ.  

މިއީ އެންމެ ފަހުން ބާސެލޯނާ ކުޅުނު ހަތަރު މެޗުގެ ތެރެއިން އެ ޓީމު މޮޅުވި ފުރަތަމަ ފަހަރެވެ.

މި މޮޅާއިއެކު ބާސެލޯނާ ވަނީ 16 މެޗުން 37 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި 4 ޕޮއިންޓުގެ ލީޑެއް ހޯދާފައެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް 14 މެޗުން ލިބިފައިވަނީ 33 ޕޮއިންޓެވެ. މަޔޯކާ އަށް 16 މެޗުން 24 ޕޮއިންޓް ލިބި، އެ ޓީމު އޮތީ ތާވަލުގެ 6 ވަނައިގައެވެ.

މަޔޯކާގެ ދަނޑުގައި 22,000 އަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ބާސެލޯނާގެ ފަރާތުން ފުރަތަމަ ލަނޑު ޖެހީ ފެރާން ޓޮރޭޒް އެވެ. ކޯޗު ހެންސީ ފްލިކް ވަނީ ރޮބަޓް ލެވަންޑޯސްކީ އަށް އަރާމު ކުރުމުގެ ފުރުސަތު ދިނުމަށް ޓޮރޭސް އަށް ފުރުސަތު ދީފައެވެ.

ފުރަތަމަ ހާފު ނިމެން ކައިރިވިއިރު މަޔޯކާގެ ވިދާތް މުރިގީ ވަނީ ލަނޑެއްޖަހާ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ނަމަވެސް ދެވަނަ ހާފުގައި ބާސެލޯނާ އިން ވަނީ ހަތަރު ލަނޑު ޖަހާ މެޗު ކާމިޔާބުކޮށްފައެވެ. މީގެ ތެރޭގައި ރަފީނިއާ ޖެހި ދެ ލަނޑާއި، ފްރެންކީ ޑެޖޮންގް އާއި ޕައު ވިކްޓަރ ޖެހި ލަނޑު ހިމެނެއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

2 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

58 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy