ރާއްޖޭގެ ވައި ވަނީ ވަރަށް ބޮޑަށް ނުސާފުވެފައި
އިރުވައި މޫސުން ފެށުމާއެކު ރާއްޖޭގެ ވައިގެ ސާފުކަން ދަށަށް ގޮސް، ނޭވާލާ ނިޒާމާއި ފުއްޕާމޭގެ ބަލިތައް ހުންނަ މީހުން ސަމާލުވާންޖެހޭ މިންވަރަށް ވައި ނުސާފުވެއްޖެ ކަމަށް މޫސުމާބެހޭ އިދާރާއިން ބުނެފިއެވެ.
މި ވަގުތު ރާއްޖޭގެ އުތުރާއި މެދު ސަރަޙައްދުގެ ވައިގެ ސާފުކަން ހުރީ 'މޮޑަރޭޓް ލެވެލް' ގައި ކަމަށް ބުނެފައިވާއިރު، މިއީ ނޭވާލާ ނިޒާމާއި ފުއްޕާމޭގެ ބަލިތައް ހުންނަ މީހުން ބޭރަށް ނުކުންނައިރު ސަމާލުވާންޖެހޭ މިންވަރެއް ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.
މޫސުމާބެހޭ އިދާރާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ކޮންމެ އަހަރެއްގެ މި ދުވަސްވަރަކީ އިރު އުތުރުން ވައި ޖެހޭ ދުވަސްވަރެއް ކަމަށާއި، އިންޑިއާގެ ސަބް ކޮންޓިނެންޓްގައި އުފެދޭ ހިރަފުހުގެ ސަބަބުން ރާއްޖޭގެ ވައި ނުސާފުވެ، ދުރު ފެންނަ މިންވަރު ދަށްވެއެވެ.
އިރުވައި މޫސުން ފެށުމުން ވައިގެ ނުސާފުކަން އިތުރަށް އިތުރުވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކުރާ ކަމަށާއި، ޚާއްޞަކޮށް މެދު ރާއްޖެ ތެރެއާއި އުތުރަށް އޭގެ އަސަރު ބޮޑުވާނެ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.
މި ޙާލަތުގައި ނޭވާލާ ނިޒާމާއި ފުއްޕާމޭގެ ބަލިތައް ހުންނަ މީހުން ރައްކާތެރިވުމުގެ ގޮތުން މާސްކު ބޭނުންކުރުމަށް އިރުޝާދު ދެވިފައިވެއެވެ. އަދި މި ޙާލަތު ނޮވެމްބަރު މަހުން ފެށިގެން މާރިޗު މަހާ ހަމައަށް ވެސް ދެމިގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާބެހޭ އިދާރާއިން ބުނެފައިވެއެވެ.
ވައިގެ ސާފުކަން ދަށްވުމާ ގުޅިގެން، ޢާންމު ރައްޔިތުން ވެސް ބޭރަށް ނުކުންނައިރު ސަމާލުވުމަށާއި، ވައިގެ ފެންވަރު ދަށްވެފައިވާ ދުވަސްތަކުގައި ވީވަރަކުން ގޭގައި ތިބުމަށް އިރުޝާދު ދެވިފައިވެއެވެ.
ރައީސް ދެއްވަނީ ޖާގައާ ވަސީލަތުގެ ގޮތުން އެމްއެންޔޫއަށް ކުރިއެރުން ހޯދަދޭނެ ކަމުގެ ޔަގީންކަން
ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި
ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި
ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް
މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް
މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި
ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް
ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު
ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ
ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި
ޒަރީރު އޮޅުންފިލުވައިދިނީ ތާރީޙު: ބަލްފޯ ޑިކްލަރޭޝަނަކީ މައްސަލައިގެ ފެށުން!
ކޮމެންޓް