މާލީ ވަޒީރު މޫސާ ޒަމީރު
މާލީ ވުޒާރާއިން ޝާއިޢުކުރަންޖެހޭ ހުރިހާ ރިޕޯޓެއް މިހާރު ވަގުތުން ޝާއިޢުކުރަމުންދާ ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ކުރެއްވި ސުވާލުގައި، ކޮންމެ ހަފުތާއަކާއި މަހަކު ނެރެމުންދިޔަ މާލީ ހިސާބުތައް ނެރުން ހުއްޓާލި ސަބަބު އޮޅުންފިލުވުމަށް އެދިވަޑައިގެންނެވިއެވެ.
މާލީ ވަޒީރު ވިދާޅުވީ، ޖޫން މަހުގެ ތެރޭގައި ޕަބްލިކް އެކައުންޓްސް ރިކޮންސިލިއޭޝަން ކުރުމުގެ މަސައްކަތުގެ ޚަރަދު ރިކޯޑް ކުރުމުގައި މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށެވެ. މީގެ ސަބަބުން ފާއިތުވި އަހަރުތަކުގެ ބައެއް ޚަރަދުތައް މި އަހަރުގެ ބަޖެޓުގައި ރިކޯޑްކުރެވިފައިވާތީ، ރިޕޯޓުތައް ޝާއިޢުކުރުން ވަގުތީގޮތުން ހުއްޓާލަން ޖެހުނު ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، އޮޑިޓަރ ޖެނެރަލްގެ ލަފާ ހޯދުމަށްފަހު، އޮކްޓޯބަރު މަހުގެ ތެރޭގައި ރިޕޯޓުތައް އަލުން ޝާއިޢުކުރަން ފަށާފައިވާ ކަމަށެވެ. އަދި މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް އައު އުސޫލުތަކެއް ކަނޑައަޅައި، މިހާރު އެ އުސޫލުތަކަށް ޢަމަލުކުރަމުންދާ ކަމަށްވެސް މާލީ ވަޒީރު ވިދާޅުވިއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް