އީރާނުގެ އެހީތެރިކަމާއި އެކު އިރާގުގެ ހަނގުރާމަވެރިން ސޫރިޔާއަށް

ހަނގުރާމަވެރި ޖަމާޢާތްތަކުން ގެންދަނީ ސީރިޔާއަށް އަތްގަދަކުރަމުން

އީރާނުގެ އެހީތެރިކަން ލިބިގެން ޢިރާޤުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުގެ ހަނގުރާމަވެރިން ސޫރިޔާއަށް އެތެރެވާން ފަށައިފިއެވެ.

މިއީ ސޫރިޔާގެ ރައީސް ބައްޝާރް އަލް-އަސަދުގެ ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އަޅާ ފިޔަވަޅެކެވެ.

މި ފިޔަވަޅު އަޅަން ޖެހުނީ ސޫރިޔާގެ ހުޅަނގު އުތުރުގައި އޮތް ޙަލަބު ޕްރޮވިންސްގައި ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް) ޖަމާޢަތުން ދާދިފަހުން ދިން ޙަމަލާތަކާ ގުޅިގެންނެވެ. އެޗްޓީއެސްގެ ހަނގުރާމަވެރިން ވަނީ ޙަލަބު ޕްރޮވިންސްގެ ބޮޑެތި ރަށްތަކަށް އަތްގަދަކޮށް، ޙަލަބު ސިޓީއާއި މައި ވައިގެ ބަނދަރު އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެނެސްފައެވެ.

ސޫރިޔާގެ އަސްކަރިއްޔާގެ މަޞްދަރުތަކުން ބުނެފައިވާ ގޮތުގައި، އަލް-ބޫކަމާލް ސަރަޙައްދީ ހުރަހުން ގިނަ އަދަދެއްގެ ހަނގުރާމަވެރިން އެތެރެވެފައިވެއެވެ. މީގެ ތެރޭގައި އީރާނުން ވާގިވެރިވާ ޢިރާޤީ އަލް-ޙަޝްދު ޝަޢަބިއްޔު ޖަމާޢަތާއި، ކަތާއިބު ޙިޒްބުاللهގެ އިތުރުން ފަތައިމިއްޔޫން ޖަމާޢަތުގެ ހަނގުރާމަވެރިން ހިމެނެއެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި އަސަދުގެ ސަރުކާރަށް އީރާނާއި ރަޝިޔާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މިހާރުވެސް ރަޝިޔާގެ އަސްކަރިއްޔާއިން ދަނީ އެޗްޓީއެސްގެ އަމާޒުތަކަށް ވައިގެ ޙަމަލާތައް ދެމުންނެވެ.

2020 ވަނަ އަހަރު ރަޝިޔާއާއި ތުރުކީވިލާތާ ދެމެދު ވެވުނު އެއްބަސްވުމަކާ ގުޅިގެން ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ޙަމަލާތައް މެދުކަނޑާލާފައި ވީނަމަވެސް، މިހާރު އަލުން ހަނގުރާމައިގެ ޙަރަކާތްތައް ފެށިފައިވާކަން ފާހަގަކުރެވެއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

2 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

58 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy