ސީޓޫ އެއާރ ކާގޯގެ ޚިދުމަތް ދަނީ ފުޅާވަމުން
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭން ފަށާފައިވާ ސީ ޓު އެއަރ ކާގޯ ޓްރާންސްޝިޕްމަންޓް ޚިދުމަތުގެ ތެރެއިން 1،000 ޓަނުގެ މުދާ މިހާތަނަށް އެކްސްޕޯޓްކޮށްފައިވާ ކަމަށް އެއަރޕޯޓު ހިންގާ އެމްއޭސީއެލްއިން ހާމަކޮށްފިއެވެ.
އެމްއޭސީއެލްއިން ބުނެފައިވާ ގޮތުގައި، މި ޚިދުމަތަށް ވާޖިން އެޓްލާންޓޓިކް ގުޅުމާއެކު މިހާރު 12 އެއަރލައިނެއް ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި ޓާކިޝް، ގަތަރު، އެމިރޭޓްސް، އިއްތިހާދު، އޭރޯފްލޮޓް، ނިއޯސް، ގަލްފް އެއަރ، ޑިސްކަވަރ، އޮސްޓްރިއަން، ކޮންޑޯ އަދި ބްރިޓިޝް އެއަރވޭސް ހިމެނެއެވެ.
ސީ ޓު އެއަރ ކާގޯގެ ޚިދުމަތަކީ އެމްޕީއެލް މެދުވެރިކޮށް ކަނޑުމަގުން ގެންނަ މުދާ އެމްއޭސީއެލްއިން ރައްކާތެރިކަމާއެކު އަވަހަށް ވައިގެ މަގުން އެކި މަންޒިލްތަކަށް ފޯރުކޮށްދިނުމަށް މިއަހަރުގެ މެއި މަހު ފަށާފައިވާ ޚިދުމަތެކެވެ. މި ޚިދުމަތުގެ ދަށުން މައިގަނޑު ގޮތެއްގައި އެކްސްޕޯޓްކޮށްފައިވަނީ ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑުމަގުން އެތެރެކުރާ ގާމެންޓް ޝިޕްމަންޓްތަކެވެ.
އިތުރު އެއަރލައިންތަކުން މި ޚިދުމަތް ދިނުމަށް ގުޅުމާއެކު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ކާގޯ ޚިދުމަތް އިތުރަށް ފުޅާވެގެންދާނެ ކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ. މި ޚިދުމަތާއެކު އެއަރޕޯޓުގެ ކާގޯ ޚިދުމަތް ވަރަށް ބޮޑަށް ފުޅާވެފައިވާ ކަމަށްވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
ދުނިޔޭގެ ކާގޯ ކަނެކްޓިވިޓީ ލޮޖިސްޓިކްސް ޗެއިންގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ހިއްސާ އޮތުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ. މި ޚިދުމަތުގެ ސަބަބުން ރާއްޖޭގެ ވައިގެ ބަނދަރުގެ ޚިދުމަތްތައް އިތުރަށް ތަރައްގީވެ، ބައިނަލްއަގްވާމީ ފެންވަރުގައި ރާއްޖޭގެ މަގާމު އިތުރަށް ވަރުގަދަވާނެ ކަމަށް ބެލެވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް