ބޭރުފައިސާގެ މުއާމަލާތްތައް ރަނގަޅުކުރުމަށް މި ސަރުކާރުން އިސްކަމެއްދޭ
ބޭރުފައިސާ ގަނެވިއްކުމުގެ އައު އުސޫލުގެ ދަށުން، ބޭރުފައިސާ މާރުކުރުމުގެ ލައިސަންސަށް އެދިފައިވަނީ 98 ކުންފުނިންކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
މީގެ ތެރޭގައި ކުރިން މަނީ ޗޭންންޖަރުންގެ ގޮތުގައި ހިދުމަތްދެމުން އައި 49 ފަރާތެއް ހިމެނެއެވެ.
އެމްއެމްއޭއިން ހާމަކުރި ގޮތުގައި، ލައިސަންސަށް އެދުނު 98 ފަރާތުގެ ތެރެއިން 79 ފަރާތަކުން ޓިއާ އެކަކަށް އަދި 19 ފަރާތަކުން ޓިއާ ދޭކަށް ލައިސަންސް ހޯދުމަށް އެދި ހުށަހަޅާފައިވެއެވެ. މީގެ އިތުރުން، 35 ވިޔަފާރިއަކާއި 14 ރިސޯޓަކުން ލައިސަންސް އައު ކުރުމަށް އެދިފައިވާ ކަމަށްވެސް އެމްއެމްއޭއިން ބުންޏެވެ.
އައު ގަވާއިދުގެ ދަށުން ދޫކުރެވޭ ދެ ބާވަތުގެ ލައިސަންސްގެ ތެރޭގައި ހިމެނެނީ ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސަންސާއި ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސަންސިސަންސެވެ. މި ލައިސަންސްތަކުގެ ދަށުން ވިޔަފާރިކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތަކާއި ޝަރުތުތައް ވަނީ ކަނޑައަޅާފައެވެ.
އައު އުސޫލުގެ ދަށުން، ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 50,000 ޑޮލަރު ބަހައްޓަން ޖެހޭނެއެވެ. އަދި ކުރިން ލައިސަންސް އޮތް ފަރާތްތަކަށް އާ ގަވާއިދުގެ ދަށުން ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުސަތު ދީފައިވެއެވެ.
އެމްއެމްއޭއިން އިތުރަށް ހާމަކުރި ގޮތުގައި، ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްގެން ޓޫރިސްޓުންނަށް ޚިދުމަތް ދިނުމަށް ހިންގާ ތަންތަނުން ލައިސަންސަކާ ނުލާ ޓޫރިސްޓުންގެ ކިބައިން ބޭރުފައިސާ ގަނެ އަދި ޓޫރިސްޓުންނަށް ބޭރު ފައިސާ ވިއްކިދާނެއެވެ. މި އައު އުސޫލުތަކުގެ ސަބަބުން ބޭރުފައިސާ މާރުކުރުމުގެ ދާއިރާ އިތުރަށް ހަރުދަނާވެ، ރެގިއުލޭޓްކުރުމަށް ފަސޭހަވާނެ ކަމަށް ބެލެވެއެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް