އާބަން ޑިވެލޮޕްމެންޓުގެ ބިލް ރައީސުލްޖުމުހޫރިއްޔާ ތަސްދީގު ކުރައްވައިފި

ބިލް ތަސްދީގު ކުރެއްވުން

ރާއްޖޭގެ އާބަން ސަރަހައްދުތައް ކަނޑައަޅައި އެފަދަ ސަރަހައްދު ތަރައްގީ ކުރުމާ ގުޅޭ ކަންކަން ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން އިންތިޒާމުކުރުން ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖުލީހުން މިދިޔަ މަހުގެ 27 ގައި ފާސްކުރި އާބަން ޑިވެލޮޕްމެންޓުގެ ބިލް ރައީސް މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.

މި ގާނޫނުގެ ދަށުން ރާއްޖޭގައި އާބަން ސަރަހައްދުތައް ކަނޑައަޅާ، އެ ސަރަހައްދުތައް ތަރައްގީކޮށް ހިންގުމާގުޅޭ ގައުމީ ސިޔާސަތު ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތިން ރައީސް އެވެ. އަދި މި ސިޔާސަތުތައް ތަންފީޒު ކުރާނީ އުމްރާނީ ތަރައްގީގެ މަސްއޫލިއްޔަތުތައް ހަވާލައް ހަވާލުކޮށްފައި އޮންނަ ވުޒާރާ އިންނެވެ. މިހާރު ނަމަ އެއީ ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓު މިނިސްޓްރީ އެވެ.

މި ގާނޫނުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ އާބަން ސަރަހައްދުތައް ކަނޑައަޅައި އެފަދަ ސަރަހައްދު ތަރައްގީ ކުރުމާ ގުޅޭ ކަންކަން ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން އިންތިޒާމުކުރުމެވެ. މީގެ އިތުރުން އާބަން ސަރަހައްދުތަކާއި އެފަދަ ސަރަހައްދުތަކުގެ ޒޯނުތަކާއި ގިންތިތަކާއި ބިމުގެ ބޭނުން ކަނޑައެޅުމާއި، އެފަދަ ސަރަހައްދުތައް ތަރައްގީކޮށް ހިންގުމުގެ އަސާސީ މިންގަނޑުތަކާއި އެ ސަރަހައްދުތަކުގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް މޮނިޓާކޮށް ފިޔަވަޅުއެޅުމާ ބެހޭ އުސޫލުތައް ބަޔާންކުރުން ވެސް ހިމެނެއެވެ.

ގާނޫނު ތަސްދީގު ކުރެއްވުމާއެކު ގެޒެޓުގައި މިއަދު ޝާއިއު ކޮށްފައިވާއިރު ގާނޫނުގައި ބަޔާންކޮށްފައިވާގޮތުން އާބަން ޑިވެލޮޕްމެންޓުގެ ގާނޫނަށް އަމަލު ކުރަން ފަށާނީ އެ ގާނޫނު ތަސްދީގު ކުރާތާ 6 މަސް ފަހުންނެވެ.

ގާނޫނަށް އަމަލުކުރަން ފެށުމާއެކު ގާނޫނުގެ ދަށުން ކަނޑައަޅާ އާބަން ސަރަހައްދުތަކުގެ އާބަން އޭރިޔާ ޑިވެލޮޕްމެންޓު މާސްޓާ ޕްލޭން ތައްޔާރުކޮށް، އެފަދަ ސަރަހައްދުތައް ތަރައްގީކުރާ ފަރާތްތަކަށް ހުއްދަތައް ދިނުމާއި، އެފަރާތްތަކުން އެ ސަރަހައްދުތަކުގައި ކުރިއަށްގެންދާ ތަރައްގީގެ މަސައްކަތްތައް ވިލަރެސްކުރުމަށް "އާބަން ޑިވެލޮޕްމަންޓް އޮތޯރިޓީ" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދަން ޖެހޭނެ އެވެ. މި އޮތޯރިޓީ ހިނގަމުންދާނީ އުމްރާނީ ތަރައްގީގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގ މި އޮތޯރިޓީ ހިނގަމުންދާނީ އުމްރާނީ ތަރައްގީގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ދަށުން ކަމަށް ވެސް ބުނެފައިވެ އެވެ.

މި ގާނޫނު ފާސްވުމާއެކު، ރާއްޖޭގެ އާބަން ސަރަހައްދުތައް ތަރައްގީކުރުމުގައި ހަރުދަނާ އޮނިގަނޑެއް ގާއިމުވެ، ރާއްޖޭގެ ތަރައްގީއަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

39 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy