ސްޓެލްކޯއިން އެމްއެންޑީއެފަށް ޑްރޯނަކާއި އިތުރު ސާމާނު ހަދިޔާ ކޮށްފި

ސްޓެލްކޯއިން އެމްއެންޑީއެފަށް ޑްރޯން ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ސްޓެލްކޯ

އުސް އިމާރާތް ތަކުގެ އަލިފާން ނިންވުމުގައި އެހީތެރިވެދިނުމަށް ޓަކައި ފެން ޖެހުމަށް ބޭނުން ކުރާ ޑްރޯނަކާއި ކަނޑުއަޑީގެ ސާޗް އެންޑް ރެސްކިޔުގައި ބޭނުން ކުރާ ވަސީލަތެއް ކަމުގައިވާ ޑީޕް ޓްރެކާއެއް ސްޓެލްކޯއިން އެމްއެންޑީއެފަށް ހަދިޔާކޮށްފި އެވެ.

ބަންޑާރަ ކޮށީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސްޓެލްކޯގެ ފަރާތުން އެމްއެންޑީއެފަށް މި ތަކެތި ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިންް ޑައިރެކްޓަރު، ހުސައިން ފަހުމީ އެވެ.

އެމްއެންޑީއެފްގެ ފަރާތުން އެ އާލާތްތަކާ ހަވާލުވެ ވަޑައިގެންނެވީ، ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ.

އަލިފާން ނިއްވުމަށް ބޭނުން ކުރާ މި ޑްރޯނަކީ ފެން ހޮޅިއާ އެކު 200 މީޓަރު އުހަށް ދަތުރު ކުރުމުގެ ގާބިލްކަން ލިބިފައިވާ ޑްރޯނެއް ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

މީގެ އިތުރުން އެ ޑީޕް ޓެރެކާ އަކީ 200 މީޓަރު އަޑިއަށް ދަތުރުކޮށް ރޮބްޓިކް އާރުމްއެއްގެ އެހީއާ އެކު ކަނޑު އަޑިން ތަކެތި ނެގުމުގެ ގާބިލްކަން ލިބިފައިވާ ވަސީލަތެއް ކަމަށް ވެސް ގައުމީ ކަރަންޓު ކުންފުނި ސްޓެލްކޯއިން މައުލޫމާތު ދެއެވެ.

މިއަދުގެ އެ ރަސްމިއްޔާތުގައި ސްޓެލްކޯގެ އިސްވެރީންނާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޣިޔާސްގެ އިތުރުން އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުން ބައިވެރިވެފައިވެ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

25 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy