ޕީޕީއެމް އުވާލަން އެ ޕާޓީގެ ސެނެޓުން ނިންމައިފި

ޕީޕީއެމް އިން މީގެ ކުރިން ބޭއްވި ޖަލްސާއެއްގެ ތެރެއިން -- އަވަސް ފޮޓޯ

ޕްރޮގްރެސިވް ކޮންގްރެސް ޕާޓީ، (ޕީޕީއެމް) އުވާލަން އެ ޕާޓީގެ ސެނެޓުން ނިންމައިފި އެވެ.

ޕީޕީއެމް އުވާލަން ނިންމީ ރޭ ބޭއްވި ސެނެޓުގެ ބައްދަލުވުމުގައި ބައިވެރިވި 42 ސެނެޓަރުންގެ އަގުލަބިއްޔަތުންނެވެ.

މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އެ ޕާޓީގެ ދެ ނައިބު ރައީސުން ކަމުގައިވާ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން އެވެ.

ސެނެޓުގެ މި ނިންމުމުގައި، ޕީޕީއެމް އުވާލުމުން ޕާޓީގެ މުދަލާއި ފައިސާ ދައުލަތަށް ނެގުމަށް ނިންމާފައިވާއިރު، އޭގެ އިތުރުން ޕާޓީ އުވާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ގޮތުން ކޮމިޓީއެއް އެކުލަވާލުމަށް ވެސް ނިންމި އެވެ.

ރާއްޖޭގައި ދެވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީ އަކީ  ޕީޕީއެމް އެވެ.

އިލެކްޝަންސް ކޮމިޝަނުގައި އޮންނަ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައިވާ ގޮތުން ޕީޕީއެމްގައި މިވަގުތު ތިބި މެންބަރުންގެ އަދަދަކީ 34،698 އެވެ.

ޕީޕީއެމަކީ ޑީއާރުޕީގެ އެތެރޭގައި ކުރިން އުފެދުނު ހިޔާލު ތަފާތުވުން ތަކުގެ ތެރެއިން، ރައީސް މައުމޫން އަބްދުއް ގައްޔޫމް އާއި އެ މަނިކުފާނަށް ސަޕޯޓު ކުރާ މެންބަރުން ޑީއާރުޕީން ވަކިވެގެން އުފެއްދި ޕާޓީ އެކެވެ.

އުވާލަން މިއަދު ނިންމި ޕީޕީއެމް ފުރަތަމަ ރަޖިސްޓްރީ ކުރީ 2011، އޮކްޓޯބަރު 27ގަ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

51 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy