ރިޓަޔަމަންޓް އެލަވަންސް ކުރިއެކޭ އެއްގޮތަށް ދެމުން ގެންދަން ނިންމައިފި

ިނޭންސް މިނިސްޓަރު މޫސާ ޒަމީރު

ސަރުކާރުގެ ވަކިވަކި އިދާރާތަކުން ހިންގާ އަމިއްލަ ރިޓަޔަމަންޓް ސްކީމުގެ ދަށުން އަލަށް ރިޓަޔަރވާ މުވައްޒަފުންނަށް މަހުން މަހަށް ދޭ އެލަވަންސް ހުއްޓާލަން ނިންމި ނިންމުން ބަދަލުކޮށް، އެ އެލަވަންސް ކުރިއެކޭ އެއްގޮތަށް ދެމުން ގެންދަން ސަރުކާރުން މިއަދު ނިންމައިފިއެވެ.

މި ބަދަލު ގެނައުމަށް ނިންމާފައިވާކަން އަންގައި، ޕޭ ކޮމިޝަނުގެ ރައީސް އަދި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ސޮއިކުރައްވައި މިދިޔަ ހަފްތާ އިދާރާތަކަށް ސިޓީއެއް ފޮނުއްވާފައިވީ ނަމަވެސް، އެ ނިންމުން ވަނީ މިހާރު ބަދަލުކޮށްފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި ގޮތުގައި ރިޓަޔަމަންރިޓަޔަމަންޓް ޕެންޝަން އުސޫލަށް ބަދަލު ނުގެންނަން ނިންމީ މުވައްޒަފުންގެ ކަންބޮޑުވުންތަކެއް ހުރުމުންނެވެ. އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވުމަށްފަހު، ފިނޭންސް މިނިސްޓްރީން ފޮނުވާފައިވާ ސިޓީއަށް އަމަލުނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު އަމަލުކުރަމުންދާ އުސޫލުތަކުގެ ދަށުން، ދައުލަތުގެ ބަޖެޓުން ޚަރަދުކުރާ ގޮތަށް ގަނޑުކޮށް ފައިސާ ދިނުމުގެ އިތުރުން މަހުން މަހަށް ފައިސާ ލިބޭ ގޮތަށް ވެސް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް މި އުސޫލުގެ ސަބަބުން "ޑަބަލް ޕެންޝަން" ގެ މައްސަލަ ދިމާވާކަން ފާހަގަކުރެވެއެވެ.

ފިނޭންސް މިނިސްޓްރީން ހާމަކުރި މަޢުލޫމާތުގެ ދަށުން، އެއްފަހަރާ ޕެންޝަން ދިނުމަށް ދައުލަތުން މިދިޔަ އަހަރު 46.1 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މި އަހަރު 45.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މަހުން މަހަށް ދޫކުރާ އަދަދުގެ ގޮތުގައި 2023 ވަނަ އަހަރު 286.7 މިލިއަން ރުފިޔާ، އަދި މި އަހަރު 339.3 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

މި ނިންމުމާ ގުޅިގެން، ރައީސް އޮފީސް، ފުލުހުން، ޑިފެންސް މިނިސްޓްރީ، ކަސްޓަމްސް އަދި އެހެނިހެން ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުންނަށް ރިޓަޔަމަންޓް އެލަވަންސް ކުރިއެކޭ އެއްގޮތަށް ލިބެމުންދާނެއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

8 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy