މަސްތުވާތަކެތީގެ ކުށްތަކަށް ބޮޑަތި އަދަބުތައް ކަނޑައެޅޭގޮތަށް ޤާނޫނަށް އިސްލާހު ހުށަހެޅުއްވައިފި

މަސްތުވާތަކެތީގެ މައްސަލަ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއްމައްސަލަ

މަސްތުވާތަކެތީގެ ވިޔަފާރިން ހޯދާ ފައިސާ އާއި މުދާ ދައުލަތަށް ނެގޭގޮތަށް މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް އިސްލާހު ހުށަހަޅުއްވައިފިއެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދުއެވެ.

މި ބިލުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި އިތުރުވަމުންދާތީ، އެކަން ހުއްޓުވުމަށް ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ލިބިދޭ ބާރުތައް އިތުރުކުރުމެވެ. އަދި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ހަރުދަނާ ގޮތެއްގައި ފަރުވާދީ، މުޖުތަމަޢަށް އަނބުރާ ރުޖޫޢަވެވޭނެ ފުރުޞަތު ދިނުމަށްޓަކައި ނިޒާމު އިތުރަށް ހަރުދަނާކުރުމެވެ.

މި އިސްލާހުގައި، އަލަށް ކޮންޓްރޯލް ކުރަންޖެހޭ މަސްތުވާތަކެތި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ތަޢާރަފުކުރުމާއި، އިތުރު ކުށްތަކާއި އަދަބު ކަނޑައެޅުމާއި، ފަރުވާގެ ނިޒާމު ހަރުދަނާކުރުމާއި، ޑްރަގު ކޯޓު ހިންގުމުގެ އުސޫލުތައް މުރާޖަޢާކުރުން ހިމެނެއެވެ.

ނޭޝަނަލް ޑްރަގް ކައުންސިލްގެ މެންބަރުންގެ އަދަދު 12 އިން 13 އަށް އިތުރުކޮށް، ދީނީ ކަންކަމާގުޅޭ ވުޒާރާގެ މަންދޫބެއް ހިމެނުމަށް ވަނީ ހުށަހަޅާފައެވެ.

މި އިސްލާހުގެ އެންމެ މުހިންމު ބަދަލަކީ މަސްތުވާތަކެތީގެ ކުށްތަކުގައި ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭގޮތަށް ބަދަލުކުރުމެވެ. މީގެ ތެރޭގައި ކުށްކުރުމަށް ބޭނުންކުރި ފައިސާ ނުވަތަ މުދާ، ކުށްކޮށްގެން ހޯދާ މުދާ، އަދި ކުށްކޮށްގެން ހޯދަންއުޅޭ ފައިސާ ނުވަތަ މުދާ ހިމެނެއެވެ.

މީގެ އިތުރުން، ރާއްޖެއަށް ވައިގެ މަގުންނާއި ކަނޑުމަގުން އެތެރެކުރާ މަސްތުވާތަކެތި ހުއްޓުވުމަށް ކަސްޓަމްސްގެ އޮފިސަރުންނާއި ފުލުހުންނަށް ލިބޭ ބާރުތައް ވެސް މި ބިލުގެ ދަށުން ވަނީ ހަރުކަށިކޮށްފައެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

19 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy