ދަނޑުވެރިކަމުގެ ޒޯން ފުށިދިއްގަރުފަޅަށް ބަދަލުކޮށްފި

ފުށިދިއްގަރުފަޅު

ސަރުކާރުން އުތުރުތިލަފަޅުގައި ތަރައްގީކުރަން ރާވާފައިވާ 200 ހެކްޓަރުގެ ދަނޑުވެރިކަމުގެ ޒޯން، ފުށިދިއްގަރުފަޅަށް ބަދަލުކުރުމަށް ނިންމައިފިއެވެ.

މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ފުޑް ސެކިއުރިޓީ ވަރުގަދަކޮށް، މޭވާއާއި ތަރުކާރީ އަދި ޕޯލްޓްރީ އުފެއްދުން އިތުރުކުރުމާއެކު، އިމްޕޯޓަށް ބަރޯސާވާ މިންވަރު މަދުކުރުމެވެ.

އެސްޓީއޯގެ މީޑިއާ އޮފިޝަލް ޔޫސުފް ޝާހު ވިދާޅުވި ގޮތުގައި، މި މަޝްރޫޢު މާލެ ސަރަހައްދުގައި ކުރިއަށް ގެންދިއުމުގެ ބޭނުމަކީ، މި ސަރަހައްދުގައި ލޮޖިސްޓިކް ވަސީލަތްތައް ގާއިމްވެފައި ހުރުމާއި، ގިނަ ބަޔަކު މާލެ ސަރަހައްދުގައި އުޅުމުގެ ސަބަބުން އެންމެ ބޮޑު ޑިމާންޑެއް އޮންނާނެ ކަމަށް ބެލެވޭތީއެވެ.

މި މަޝްރޫޢުގެ ދަށުން ދަނޑުވެރިކަމުގެ ބާވަތްތަކާއި، ދަނޑުވެރިކަން ކުރުމުގައި ބޭނުންކުރާ ތަކެތި ޑިސްޓްރިބިއުޓްކުރާ ސެންޓަރެއްގެ ގޮތުގައި ދަނޑުވެރިކަމަށް ޚާއްޞަ ޒޯނެއް ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ. އަދި ކުރިން އުތުރުތިލަފަޅުގައި ރޭވިފައިވާ ފަސިންޖަރުންނާއި މުދާ އުފުލާ ޓާމިނަލް އަދި ދަނޑުވެރިކަމުގެ އިންޑަސްޓްރިއަލް ޕާކް ވެސް މި ސަރަހައްދުގައި ތަރައްގީކުރުމަށް ވަނީ ހިމަނާފައެވެ.

އެސްޓީއޯއިން އިތުރަށް ބުނެފައިވަނީ މި މަޝްރޫޢުގެ ދަށުން މޭވާއާއި ތަރުކާރީ އުފެއްދުމަށާއި ދަނޑުވެރިކަމަށް މީހުން ތަމްރީނުކުރާނެ ކަމަށެވެ. މި މަޝްރޫޢަކީ ދިވެހި ސަރުކާރުގެ ފަރާތުން މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވަލޮޕްމެންޓް ފްރީ ޒޯން (އެމްއައިޑީ) އިން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.

މި ބަދަލާއެކު، ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާއަށް އައު ހިތްވަރަކާއި ކުރިއެރުމެއް ލިބި، ރާއްޖޭގެ ފުޑް ސެކިއުރިޓީ އިތުރަށް ހަރުދަނާވާނެ ކަމަށް އުންމީދު ކުރެވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

37 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy