އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވުނު ބައެއް ބިދޭސީން
ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ހުޅުމާލޭގައި ބިދޭސީން ދިރިއުޅެމުންދާ ދެ އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށް 14 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި މި ރެއިޑު އޮޕަރޭޝަން ހިންގާފައިވަނީ އާންމު ސިއްހަތަށް ގެއްލުންވާ ގޮތަށް ބިދޭސީން ދިރިއުޅެމުންދާ ތަންތަން ބަލައި ފާސްކުރުމުގެ ގޮތުންނެވެ.
ފުރަތަމަ ބަލައި ފާސްކުރި ތަނުން ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ނުވަ ފިރިހެން ބިދޭސީންނާއި، ދެވަނަ ތަނުން ތިން އަންހެން އަދި ދެ ފިރިހެން ބިދޭސީން ހައްޔަރުކޮށްފައިވެއެވެ. މި އޮޕަރޭޝަނަކީ އިމިގްރޭޝަނުން މެދުކެނޑުމެއްނެތި ކުރިއަށްގެންދާ ސިލްސިލާ އޮޕަރޭޝަންތަކުގެ ތެރެއިން އެއް އޮޕަރޭޝަނެވެ.
އިމިގްރޭޝަނުން މި އަހަރުގެ ޖުލައި މަހު ތަޢާރަފުކުރި "އިމިގްރޭޝަން ވޮޗް" ނަމަކަށް ކިޔާ އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް މިހާތަނަށް ބިދޭސީންނާ ގުޅޭ 966 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކާއި، ރާއްޖެއަށް ވަގަށް އެތެރެވާން މަސައްކަތްކުރާ ބިދޭސީންގެ މަޢުލޫމާތު 24 ގަޑިއިރު ރިޕޯޓުކުރެވޭނެއެވެ.
އިމިގްރޭޝަނުގެ ޓާސްކް ފޯހުން ހިންގާ އޮޕަރޭޝަންތަކުގައި 200 އަށްވުރެ ގިނަ އޮފިސަރުން ބައިވެރިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. މި އޮޕަރޭޝަންތަކުގެ ނަތީޖާއެއްގެ ގޮތުން 5,012 ބިދޭސީން ރާއްޖެއިން ފުރުވާލާފައިވާއިރު 1,300 އަށްވުރެ ގިނަ ތަން ވަނީ ބަލައި ފާސްކޮށްފައެވެ.
ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް މި އޮޕަރޭޝަން ފުޅާކޮށް، ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނައުމެވެ. އަދި ބިދޭސީންގެ މައްސަލަތަކަށް ތިން އަހަރުގެ ތެރޭގައި ޖުމްލަ ހައްލެއް ގެނައުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް